ޓެރަރިޒަމްގެ ދައުވާކޮށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ޖަލުގައި ހުންނަވާނެ އެޕާޓްމެންޓްގައި ފަރުނީޗަރާއެކު އޭސީއާއި ޓީވީވެސް ހުންނާނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގަ އެވެ. އެ ޓްވީޓްގައި މިނިސްޓަރު ވިދާޅުވެފައިވަނީ ރައީސް ނަޝީދަށް ހާއްސަކޮށްފައިވާ 264 އަކަފޫޓު ޖަލު އެޕާޓްމެންޓްގައި އެއް ކޮޓަރިއާއި ސިޓިން ރޫމެއް ހުންނާނެ ކަމަށެވެ. އަދި އެ ކޮޓަރިއާއި ސިޓިން ރޫމަކީ ފަރުނީޗަރު ހަމަކުރެވިފައިވާ އޭސީ އާއި ޓީވީ އާއި ވީސީޑީ ޕްލޭޔަރުވެސް ހުންނާނެ އެޕާޓްމެންޓެއް ކަމަށެވެ.
https://twitter.com/UmarNaseerPPM/status/577291450116767744
އަދި އެޕާޓްމެންޓް ހިމެނޭ ސަރަހައްދުގައި 1087 އަކަފޫޓުގެ ބަގީޗާއެއްވެސް އޮންނާނެ ކަމަށާއި ރައީސް ނަޝީދު ޖަލުގައި ވަގުތު ހޭދަކުރައްވާނީ އެކުވެރި ގައިދީންނާ އެކުގައި ކަމަށްވެސް މިނިސްޓަރުގެ ޓްވީޓްގައި ވިދާޅުވެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް