ސޫރިޔާގެ ދާހިލީ ހަނގުރާމައިގާ މިހާތަނަށް ދެލައްކައަށްވުރެ ގިނަ މީހުން މަރުވެފައިވޭ

ސޫރިޔާގެ ދާހިލީ ހަނގުރާމައަށް ހަތަރު އަހަރުފުރި، ފަސް ވަނަ އަހަރު ފެށިފައިވާއިރު ފާއިތުވި ހަތަރު އަހަރު ދެ ލައްކަ ފަނަރަހާހަށްވުރެ ގިނަ މީހުން މަރުވެފައިވާކަމަށް އެ ސަރަހައްދުގައި ހަރަކާތްތެރިވާ މޮނިޓ...

16 Mar 2015 | 01:23

ސޫރިޔާގެ ދާހިލީ ހަނގުރާމައަށް ހަތަރު އަހަރުފުރި، ފަސް ވަނަ އަހަރު ފެށިފައިވާއިރު ފާއިތުވި ހަތަރު އަހަރު ދެ ލައްކަ ފަނަރަހާހަށްވުރެ ގިނަ މީހުން މަރުވެފައިވާކަމަށް އެ ސަރަހައްދުގައި ހަރަކާތްތެރިވާ މޮނިޓަރިން ގްރޫޕަކުން ބުނެފި އެވެ.

ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނީ މާރިޗު 2011 އިން ފެށިގެން މިހާތަނަށް 215518 މަރު އެ ފަރާތަށް ރެކޯޑް ކުރެވިފައިވާކަމަށާއި މަރުވި މީހުންގެ ތެރެއިން 66000 މީހުންނަކީ އާންމުން ކަމަށެވެ.

އެ ޖަމިއްޔާއިން ބުނެފައިވަނީ ފާއިތުވި ފަސް ހަފްތާގެ ތެރޭގައި އެކަނިވެސް 5000 އަށްވުރެ ގިނަ މީޙުން މަރުވެފައިވާކަމަށާއި ފާއިތުވި ހަތަރު އަހަރު މަރުވި މީހުންގެ ތެރޭގައި 10808 ކުޑަކުދިންނާއި 7000 އަންހެނުންވެސް ހިމެނޭ ކަމަށެވެ.

އެ ޖަމިއްޔާ އިން އިތުރަށް ބުނެފައިވަނީ މަރުވެފައިވާ މީހުންގެ ތިން ބައިކުޅަ ދެބައި މީހުންނަކީ ހަނގުރާމަވެރިން ކަމަށާއި އަސަދުގެ ސަރުކާރުގެ 46138 މަރުވެފައިވާއިރު ސަރުކާރަށް ވާގިވެރިވާ 30000 ހަނގުރާމަވެރިން މަރުވެފައިވާކަމަށެވެ.

ސޫރިޔާގައި ދާހިލީ ހަނގުރާމަފެށިފައިވަނީ 2011 ވަނަ އަހަރުގެ މާރިޗު މަހުގެ ތެރޭގަ އެވެ. ދާހިލީ ހަނގުރާމަ ފެށުނީ އިންސާނިއްޔަތާ ހިލާފް ކަންތައް ތަކެއް ރައީސް ބައްސާރުލް އަސަދުގެ ސަރުކާރުން ކުރާ ކަމަށް ބުނެ އެވެ. ރައީސް ބައްސާރުލް އަސަދު އަންނަނީ އޭނާގެ ވެރިކަން ދެމެހެއްޓުމަށް ބާރުގެ ބޭނުން ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް