އިރާނުގެ ކުރީގެ ރައީސްގެ ދަރިކަލުންނަށް 15 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި

އިރާނުގެ ކުރީގެ ރައީސް އަކްބަރު ހާސިމީ ރަފްސަންޖާނީގެ ދަރިކަލުންނަށް 15 އަހަރުގެ ޖަލު ހުކުމެއް އިރާނުގެ ކޯޓަކުން އިއްޔެ އިއްވައިފި އެވެ. އިރާނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން މެހްދީ ހާޝިމީގެ މައްޗަށް ...

16 Mar 2015 | 01:00

އިރާނުގެ ކުރީގެ ރައީސް އަކްބަރު ހާސިމީ ރަފްސަންޖާނީގެ ދަރިކަލުންނަށް 15 އަހަރުގެ ޖަލު ހުކުމެއް އިރާނުގެ ކޯޓަކުން އިއްޔެ އިއްވައިފި އެވެ.

އިރާނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން މެހްދީ ހާޝިމީގެ މައްޗަށް ހުކުމް އިއްވާފައިވަނީ 2009 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ދިމާކޮށް ކުރިއަށްގެންދިޔަ މުޒާހަރާތަކާއި ގުޅިގެންނެވެ. މުޒާހަރާތަކަށްފަހު ހިނގި ހަމަނުޖެހުންތަކާއެކު މެހްދީ ހާޝްމީ އީރާނު ދޫކޮށް ދިޔަ ނަމަވެސް 2012 ވަނަ އަހަރު މެހްދީ ވަނީ އެނބުރި ގައުމަށް އައިސްފަ އެވެ. ފުލުހުން މެހްދީ ހައްޔަރުކުރީ 2012 ވަނަ އަހަރު އޭނާ އެނބުރި ގައުމަށް އައުމުންނެވެ.

15 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު އިރާނުގެ ގާނޫނު ބުނާގޮތުން މައްސަލަ އިސްތިއުނާފު ކުރުމަށް 20 ދުވަހުގެ މުއްދަތެއް މެހްދީ ހާޝްމީއަށް ލިބޭނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް