އަންހެން ހެދުން އަޅައިގެން ވައްކަން ކުރަން އުޅުނު ދެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ މާލެ، މާވެޔޮމަގު ކަންމަތީގައި އުޅުނު ދެ ފިރިހެނަކު ސިފަ ބަދަލުކޮށްގެން ވައްކަން ކުރަން އުޅުނު ކަމުގެ ތުހުމަތުގައި ރޭ 02:39 ހާއިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ.
"އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި އިރު ތިބީ އަންހެން ހެދުން އަޅައިގެން" ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ ގދ. ވާދޫ، ލިލީގޭ އުމުރުން 46 އަހަރުގެ މުހައްމަދު ސަބާހް އާއި ނ. މިލަދޫ، ސޯސަންގޭ، އުމުރުން 42 އަހަރުގެ މުހައްމަދު ނައުޝާދެވެ.
ފުލުހުން ބުނެފައިވާގޮތުގައި އެ ދެމީހުންގެ ބަންދަށް ކޯޓުން 15 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް