ރޯދަ މަހަށް ތައްޔާރުވުމަށް މާލޭ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައިވާ މިސްކިތްތައް ޒީނަތްތެރިކުރުމުގެ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން ބީއެމްއެލް އިސްލާމިކް އިން މާލޭގެ ހަތަރު މިސްކިތެއްގައި ވަށާފާރުގައި ކުލަލުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
މި ހަރަކާތުގައި ބޭންކުގެ 100 އެއްހާ މުވައްޒަފުން ބައިވެރިވިކަމަށް އެ ބޭންކުން ބުނެއެވެ.
އެ ހަތަރު މިސްކިތަކީ:
- މާލޭ ހުކުރު މިސްކިތް
- ދަރުމަވަންތަ ރަސްގެފާނު މިސްކިތް
- މަސްޖިތުލް ސުލްތާން މުހައްމަދު ޝަމްސުއްދީން (ބަންޑާރަ މިސްކިތް)
- މަސްޖިދުލް ސުލްތާނުލް ޢާދިލް
ބީއެމްއެލްގެ މުވައްޒަފުން އިސްނަގައިގެން ދޭތެރެ ދޭތެރެއިން މިފަދަ އިޖުތިމާއީ ހަރަކާތްތައް ހިންގައެވެ. މިގޮތުން މިދިޔަ އަހަރުވެސް ވަނީ މާލޭގެ މިސްކިތްތަކުގައި ކުލަލުމާއި، މާލޭގެ އެކި ސަރަހައްދުތައް ސާފުކުރުމުގެ ހަރަކާތްތައް ހިންގާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް