މަކަރާއި ހީލަތުގެ އެތައް މައްސަލައަކާއި ފައިސާގެ މުޢާމަލާތްތައް ހިމެނޭ އެތައް މައްސަލައެއްގެ ކުށުގެ ރެކޯޑު އޮންނަ އަދި އެފަދަ ހުކުމްތަކެއްވެސް އިއްވާފައިވާ ޒައިދާން މުޙައްމަދު ހާޝިމް ހޯދަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.
ދިވެހި ފުހުން މިއަދު ބުނެފައިވަނީ ގ. ސިނަމާލެ 1، 05-13 / މާލެ، ޒައިދާން މުޙައްމަދު ޙާޝިމް ހޯދަމުން އަންނަނީ ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާއި ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރު ކުރެވިނުވާތީ ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާއި ގުޅިގެން ކަމަށެވެ.
ޒައިދާން މުޙައްމަދު ހާޝިމް އާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުން ފުލުހުން އެދިފައިވެއެވެ.
ކޯޓުތަކުގެ ރެކޯޑުތަކަށް ބަލައިލާއިރު ޒައިދާން އާއި ގުޅުންހުރި މައްސަލަތަކުގެ އަދަދު ގިނަކަން ފާހަގަކޮށްލެވެއެވެ. މަކަރާއި ހީލަތުން އޮޅުވާލައިގެން ގިނަ އަދަދަކަށް ފައިސާ ނަގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާއި ގުޅިގެން އިތުރު މީހުންގެ އަތުން ފައިސާ ނަގާފައިވޭތޯ ބެލުމަށް 2023 ވަނަ އަހަރު ފުލުހުން އިޢުލާނެއްވެސް ކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް