ކުރިއަށް އޮތް ރަމަޟާން މަހު ކުނި އުކައިދިނުމުގެ ފީ މާފު ކުރުމަށް ހަނިމާދޫ ކައުންސިލުން ނިންމައިފިއެވެ.
އެ ކައުންސިލުން ބުނެފައިވަނީ ރަމަޟާން މަހުގެ ކުނި ފީ މާފްކުރުމާއި ގުޅޭޣޮތުން 1446 ވަނަ އަހަރުގެ ރަމަޟާން މަހާއި ގުޅިގެން އާއްމު ގޭޞިސީތަކުގެ މާރިޗް މަހުގެ ފީ މާފް ކުރުމަށް އެ ކައުންސިލުގެ ހަތަރުވަނަ ދައުރުގެ 165 ވަނަ ބައްދަލުވުމުގައި ނިންމާފައިވާކަމަށެވެ.
ހަނިމާދޫގައި ކުނި އުކާލުމުގެ އުސޫލު މިހާރު އޮންނަ ގޮތަކީ ކައުންސިލުން ހަދިޔާކޮށްފައިވާ ޑަސްބިންތަކުގައި ހުންނަ ކުނި ގޯތިން ބޭރަށް ނެރުމުން ގޮސް އުކާލުމެވެ. އެ ޚިދުމަތަށް ކައުންސިލުން ނަގަމުންދަނީ ގޭބިސީއަކަށް މަހަކަށް 100 ރުފިޔާގެ ފީއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް