ސައުތު އިންޑިއަން އެކްޓްރެސް ސްރީލީލާ ބޮލީވުޑް ފިލްމެއްގެ މަސައްކަތް ފަށައިފިއެވެ.
ފިލްމުގެ ނަން ހާމަނުކޮށް ޓީ-ސީރީޒް އިން އިއްޔެ ވަނީ އެ ފިލްމުގެ ފަސްޓް ލުކް ދައްކާލާފައެވެ.
ވިޝާލް މިޝްރާގެ އަޑުން ކިޔާފައިވާ "ތޫ މެރީ ޒިންދަގީހޭ" މި ލަވަޔާއެކު ދައްކާލާފައިވާ ފަސްޓް ލުކަށް މިހާތަނަށް ގާތްގަނޑަކަށް ހަތަރު މިލިޔަން ވިއުސް ލިބިފައިވާއިރު އެ ފިލްމު ރިލީޒް ކުރާނެ ކަމަށް ބުނެފައިވަނީ އަންނަ އޮކްޓޯބަރު މަހުގައެވެ.
ދިވެހިންގެ މެދުގައިވެސް މަޤްބޫލުކަމެއް ހޯދާފައިވާ އާޝިޤީ 1 އަދި އާޝިޤީ 2 އަށްފަހު މި ފިލްމަކީ އާޝިޤީ 3 ކަމަށް ކާތިކްގެ ފޭނުން އަދި އިންޑިއާގެ ބައެއް މީޑިއާތަކުން ބުނެފައިވެއެވެ.
އުމުރުން 23 އަހަރުގެ ސްރީލީލާ ތަމިލް، ތެލުގޫ އަދި ކަންނާޑާ ކާމިޔާބު ފިލްމުތަކެއް ފާއިތުވި ހައެއްކަ އަހަރު ކުޅެފައިވެއެވެ.
https://www.youtube.com/watch?v=sicIT7MWI-E
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް