ރަމަޟާން 1446: އިސްލާމީ މަރުކަޒުގައި އިމާމުވެ ތަރާވީސް ކުރައްވާނީ ޒުވާން އިމާމުން

ކުރިއަށް އޮތް ރަމަޟާން މަހު އިސްލާމީ މަރުކަޒުގައި އިމާމުވެ ތަރާވީސް ކުރައްވާނީ ޒުވާން ހަތަރު އިމާމުންކަން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. އެ ވުޒާރާއިން ރޭގައި ބުނެފައިވަނީ އިސްލާ...

16 Feb 2025 | 06:21

ކުރިއަށް އޮތް ރަމަޟާން މަހު އިސްލާމީ މަރުކަޒުގައި އިމާމުވެ ތަރާވީސް ކުރައްވާނީ ޒުވާން ހަތަރު އިމާމުންކަން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

އެ ވުޒާރާއިން ރޭގައި ބުނެފައިވަނީ އިސްލާމީ މަރުކަޒުގައި ރޯދަ މަހު އިމާމުވެ ތަރާވީސް ކުރައްވާނީ، މަރުކަޒުގެ އިމާމު އައްޝައިޚު އަލްޙާފިޒު ސަލްމާން މުޙައްމަދު ލަޠީފާއި، އަލްޙާފިޒް ޢުވައިސް ބިން އިނާޒް، އަލްޙާފިޒް ޚިޟްރު ބިން ޢިމާދުގެ އިތުރުން އައްޝައިޚު އަލްޙާފިޒް ސުލްޠާން މުޙައްމަދު ލަޠީފާއި މި ހަތަރު ބޭފުޅުން ކަމަށެވެ.

"ސުލްޠާން މުޙައްމަދު ލަޠީފް ގުޅިވަޑައިގަންނަވާނީ ފަހު ދިހައިގަ. މީގެ އިތުރުން، ފަހު ދިހައިގައި ދަމު ނަމާދު އިމާމުވެ ކުރައްވާނީ އައްޝައިޚު  އަލްޙާފިޒު ސަލްމާން މުޙައްމަދު ލަޠީފާއި އައްޝައިޚު އަލްޙާފިޒު ސުލްޠާން މުޙައްމަދު ލަޠީފް" އެ ވުޒާރާއިން ބުނެފައިވެއެވެ.

އެ ވުޒާރާއިން އިތުރަށް ބުނެފައިވަނީ އެ ވުޒާރާގެ އަމާޒަކީ މުސްތަޤުބަލަށް މިޤައުމު ފަޚުރުވެރިވާ ފަދަ ޒުވާން އިސްލާމީ ޝަޚްޞިއްޔަތުން  ނެރުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް