އެމްޓީސީސީގެ ޗީފް އޮޕަރޭޓިން އޮފިސަރުގެ މަޤާމަށް ސިނާން އަލީ އައްޔަންކޮށްފިއެވެ.
ސިނާން އެ މަޤާމަށް އައްޔަންކޮށްފައިވަނީ މީގެ ހަފްތާއެއްހާ ދުވަސް ކުރިންނެވެ.
ސިނާން ވަނީ އެ ކުންފުނީގެ ބޯޑު މެންބަރުކަން 2014 އިން 2016 އަށް އަދި 2019 ވަނަ އަހަރުން ފެށިގެން މެދު ނުކެނޑި މި މަހުގެ ހަ ވަނަ ދުވަހާއި ހަމައަށް އަދާކުރައްވާފައެވެ. 2016 އިން 2018 އަށް އައިލެންޑް އޭވިއޭޝަންގެ ބޯޑުގައިވެސް ސިނާން މަސައްކަތް ކުރައްވާފައިވެއެވެ.
އިނގިރޭސި ވިލާތުގެ އެންޖެލާ ރަސްކިން ޔުނިވަސިޓީން މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހައްދަވާފައިވާ ސިނާން ނޫސްވެރިކަމުގެ ދާއިރާއިން ޤައުމީ އިނާމު ހާސިލުކުރައްވާފައިވާއިރު އޭނާއަކީ އަކީ ވަން އޮންލައިންގެ ސީއީއޯ އެވެ. ނޫސްވެރިކަމުގެ ދާއިރާގައި 25 އަހަރަށްވުރެ ގިނަ ދުވަސް ހޭދަކުރައްވާފައިވާ ސިނާން، މިއަދު ނޫސް، ހަވީރު ނޫސް އަދި ސަން މީޑިއާގައި އެ މީޑިއާގެ ސީއީއޯގެ މަޤާމުވެސް އަދާކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް