ދިވެހި ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ޑީސީޕީ) ގެ މަޤާމަށް ދެބޭފުޅަކު މިއަދު އައްޔަނުކުރައްވައިފިއެވެ.
ޑީސީޕީގެ މަޤާމަށް އައްޔަނުކުރައްވާފައިވަނީ އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައި ހުންނެވި ފަރުހާދު ފިކުރީއާއި ހަމަ އެ މަޤާމުގައި ހުންނެވި އިސްމާއިލް ނަވީން އެވެ.
މި ދެ ބޭފުޅުން އެ މަޤާމަށް އައްޔަނުކުރެއްވުމަށްފަހު އައު މަޤާމުގެ ލިޔުން ހަވާލުކުރެއްވީ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ މިނިސްޓަރު އަލީ އިހްސާން އެވެ.
މި ދެބޭފުޅުންގެ ތެރެއިން ފަރުހާދު ފިކުރީ ދިވެހި ފުލުހުންގެ ޚިދުމަތާއި ގުޅިވަޑައިގެންނެވީ 30 މާރިޗް 1991 ގައެވެ. އެހެންކަމުން މި އަހަރުގެ މާރިޗަށް ފުލުހުންގެ ޚިދުމަތުގައި 34 އަހަރު ވާނެއެވެ.
އިސްމާއިލް ނަވީން ފުލުހުންގެ ޚިދުމަތާއި ގުޅިވަޑައިގެންނެވީ 07 ޖުލައި 1994ގައެވެ. މި އަހަރުގެ ޖުލައި މަހަށް ޚިދުމަތުގައި 30 އަހަރު ފުރޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް