ކުޑަ އަންހެންކުއްޖަކު ގެއްލިގެން ހޯދަނީ

އުމުރުން 14 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ގެއްލިގެން ހޯދަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ. އެގޮތުން ފުލުހުން މިރޭ ބުނެފައިވަނީ ގެއްލިގެން ހޯދަމުން އަންނަނީ މ. އެނބޫމާގެއާގޭ ޚަދީޖާ ޔަލްވީ ކަމަށ...

16 Feb 2024 | 15:26

އުމުރުން 14 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ގެއްލިގެން ހޯދަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

އެގޮތުން ފުލުހުން މިރޭ ބުނެފައިވަނީ ގެއްލިގެން ހޯދަމުން އަންނަނީ މ. އެނބޫމާގެއާގޭ ޚަދީޖާ ޔަލްވީ ކަމަށެވެ.

"ޢާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާކަމަށް 11 ފެބްރުއަރީ ވަނަ ދުވަހު ރިޕޯޓްކޮށްފައިވާތީ އެ ކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވަނީ މި އަންހެންކުއްޖާ އެންމެފަހުން ފެނިފައިވަނީ މި މަހުގެ 09 ވަނަ ދުވަހު 20:00 ހާއިރު އެ ކުއްޖާ ދިރިއުޅޭ ގެއިންކަމަށް ޢާއިލާއިން މަޢުލޫމާތުދީފައިވާކަމަށެވެ.

މި ކުއްޖާއާއި ބެހޭ އެއް އެއްވެސް މަޢުލޫމާތެއް ލިބޭނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ނަމްބަރު 9790163 ނުވަތަ 3000600އަށް ގުޅުއްވައި ހިއްސާ ކުރެއްވުމަށް ފުލުހުން އެދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް