ޒައިދުގެ ކައިވެނި އަލްބަމްގެ ޓްރެއިލަރ އާއްމުކޮށްފި

ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޚް ޢަލީ ޒައިދުގެ ކައިވެނި އަލްބަމްގެ މަސައްކަތް ނިންމާ ޓްރެއިލަރ އާއްމުކޮށްފިއެވެ. ޝެއިހް ޒައިދުގެ އިތުރުން، ހުސައިން އަލީ އާއި މުހައްމަދު އަބްދުލް ޣަނީ (ތޭރަ) ...

16 Feb 2023 | 16:30

ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޚް ޢަލީ ޒައިދުގެ ކައިވެނި އަލްބަމްގެ މަސައްކަތް ނިންމާ ޓްރެއިލަރ އާއްމުކޮށްފިއެވެ.

ޝެއިހް ޒައިދުގެ އިތުރުން، ހުސައިން އަލީ އާއި މުހައްމަދު އަބްދުލް ޣަނީ (ތޭރަ) އާއި އިބްރާހިމް ޒައިދް އަލީ (ކުޑަ އިއްބެ) އަދި ޝަލަބީ އިބްރާހިމް ހިމެނޭހެން ޖުމްލަ 12 ވޯކަލިސްޓުން ކިޔާފައިވާ ކައިވެނި އަލްބަމްގެ މިއަދު ރިލީސްކުރި މި ޓްރޭލަރގައި ވަނީ މި އަލްބަމުގައި ހިމެނޭ ބައެއް ލަވަ ބައިތައް ހިމަނާފައެވެ.

https://www.youtube.com/watch?v=gq1SAyuPIWY

މީގެ ކުރިން ޒައިދު ވިދާޅުވީ ކައިވެނީގެ ނަމުން ނަން ދީފައިވާ މި އަލްބަމް މި މަހުގެ 18 ވަނަ ދުވަހު ރިލީސް ކުރެވޭނެ ކަމަށެވެ.

އަދި މިއީ ކައިވެނި ހަފްލާތަކުގައި ޖެހުމަށް ކައިވެނީގެ އުފާވެރިކަން އިހްސާސްކުރުމަށް ތާރަ އާއި އެކު ތައްޔާރު ކުރެވުނު އެންމެ ފުރަތަމަ އަލްބަމު ކަމަށް ވެސް ޒައިދު ވިދާޅުވެފައި ވެއެވެ.

ޒައިދު ކޮމްޕޯޒްކޮށްފައިވާ މަދަހަތަކެއްގެ މައްޗަށް ބިނާކޮށް، ކައިވެނި ހަފްލާތަކުގައި ޖެހުމަށް ތާރައިގެ އަލްބަމެއް ނެރެން ތައްޔާރުވެފައި ވާއިރު، އޮންލައިން މީޑީއާ އެއްގައި ޒައިދު ވިދާޅުވީ، ތާރައަކީ އިސްލާމް ދީނުގެ ޝަރުއީ ހަދީސުން ސާބިތުވާ ހުއްދަ އެއްޗެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް