އުމްރާގެ މި މޫސުމުގައި މިހާތަނަށް ގާތްގަނޑަކަށް ފަސް މިލިއަން މީހުން ސައުދީ އަރަބިއްޔާއަށް ދަތުރުކޮށްފި

މިހާރު ހިނގަމުންދާ އުމްރާ މޫސުމުގައި ބައިވެރިވުމަށް ގާތްގަނޑަކަށް ފަސް މިލިއަން މީހުން ސައުދީ އަރަބިއްޔާއަށް ދަތުރުކޮށްފައިވާކަމަށް އެ ގައުމުން ބުނެފިއެވެ. މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާގެ ތަފާސ...

16 Feb 2023 | 15:39

މިހާރު ހިނގަމުންދާ އުމްރާ މޫސުމުގައި ބައިވެރިވުމަށް ގާތްގަނޑަކަށް ފަސް މިލިއަން މީހުން ސައުދީ އަރަބިއްޔާއަށް ދަތުރުކޮށްފައިވާކަމަށް އެ ގައުމުން ބުނެފިއެވެ.

މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާގެ ތަފާސްހިސާބުތަކަށް ބަލާއިރު، ފެބްރުއަރީ 14 ވީ އަންގާރަ ދުވަހުގެ ނިޔަލަށް މިއަހަރުގެ އުމްރާ މޫސުމުގައި ބައިވެރިވުމަށް ވަޔާއި، ބިން އަދި ކަނޑު މަގުން އެކި ގައުމުތަކުން ޖުމްލަ 4،840،764 ހައްޖުވެރިން ސައުދީއަށް ވަނީ ދަތުރުކޮށްފައެވެ. މި ޙައްޖުވެރިންގެ ތެރެއިން 4،258،151 ޙައްޖުވެރިން އެމީހުންގެ އަޅުކަންތައް ފުރިހަމަ ކުރުމަށްފަހު އެމީހުންގެ ޤައުމުތަކަށް ފުރާފައިވާއިރު ސައުދީ އަރަބިއްޔާގައި ތިބި ޙައްޖުވެރިންގެ ޖުމްލަ އަދަދު ވަނީ 582،613 އަށް އަރާފައެވެ.

އެ މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރަސްކަމުގެ އެކި އެއާޕޯޓްތަކުގެ ތެރެއިން ޖުމްލަ 4،329،349 ހައްޖުވެރިން ސައުދީއަށް އައިސްފައިވެ އެވެ. ޖުމްލަ 507،430 ހައްޖުވެރިން އައިސްފައިވަނީ ޖާދީދާ އަރާރު، އަލްހަދީތާ، ހަލާތު އައްމާރު، އަލްވަޑިއާ، ހުސް ކުއާޓަރ، އަލްބަތާ، ސަލްވާ، ކިންގް ފަހުދު ކޯޒްވޭ، އަލްރާގީ، ދުރާ، އަދި އަލް ޚަފްޖީ ފަދަ ބިމުގެ ބޯޑަރު ހުރަސްތަކުންނެވެ. އަދި އިތުރު 3985 ހައްޖުވެރިން ކަނޑު ބަނދަރުތަކުގެ ތެރެއިން އައިސްފައިވެ އެވެ.

މަދީނާގެ ޕްރިންސް މުހައްމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް އައި ހައްޖުވެރިންގެ ޖުމްލަ އަދަދު 1،351،731 އަށް އަރާފައިވާއިރު، އަޅުކަން ފުރިހަމަ ކުރުމަށްފަހު އެއާޕޯޓުން ފުރި ހައްޖުވެރިންގެ އަދަދު ވަނީ 680،017 އަރާފައެވެ. ޔާންބޫގެ ޕްރިންސް އަބްދުލް މުހައްމަދު އެއާޕޯޓް މެދުވެރިކޮށް އައި ހައްޖުވެރިންގެ އަދަދަކީ 11،132 ކަމަށް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.

މިހާރުގެ ޢުމްރާ ސީޒަން ފެށިގެން އައީ 2022 ވަނަ އަހަރުގެ ޖުލައި މަހުގެ 30 ވަނަ ދުވަހާ ދިމާވާ މުޙައްރަމް 1، 1444 ގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް