ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް ރިޔާސީ އިންތިހާބާއި ބެހޭ ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތު އިތުރު ކުރުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފަށައިފި އެވެ.
އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު މިއަދު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ވިދާޅުވީ އިންތިހާބުގައި ވާދަ ކުރަން ފޯމު ހުށަހަޅަން ކެންޑިޑޭޓުންނަށް ދެވެނ ީ10 ދުވަހުގެ މުއްދަތެއް ކަމަށެވެ. އީސީން މަސައްކަތް ކުރަމުންދަނީ އެ މުއްދަތު14 ދުވަހަށް އިތުރު ކުރުމަށެވެ.
ހަބީބު ވިދާޅުވީ އެ އިސްލާހު ގެނައުމަށް ރިޔާސީ އިންތިހާބުގެ ގާނޫނަށް އިސްލާހު ހުށަހަޅާފައިވާ ކަމަށެވެ. އީސީން އުންމީދު ކުރަނީ އޭޕްރިލް މަސް ނިމުމުގެ ކުރިން ގާނޫނަށް އިސްލާހު ގެނެވޭނެ ކަމަށެވެ.
އިންތިހާބުގެ ރަޖިސްޓްރޭޝަންގެ މަސައްކަތް ފެށުމުގެ ކުރިން އެންމެ ލަސްވެގެން އޭޕްރީލް މަހުގެ ތެރޭގައި ރިޔާސީ އިންތިހާބުގެ ގަވާއިދު ގެޒެޓު ކުރަން ޖެހޭނެ ކަމަށްވެސް ވިދާޅުވި އެވެ.
އިލެކްޝަން ކޮމިޝަނުން ނިންމާފައިވަނީ މިއަހަރުގެ ރިޔާސީ އިންތިހާބު ސެޕްޓެމްބަރު ނުވަ ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް