ދެ އަހަރު ދުވަހުގެ ޖަލު ހުކުމަކަށް ފަހު ޕާކިސްތާނުގެ ޕޮލިޓީޝަން އަލީ ވަޒީރު މިނިވަންވެއްޖެއެވެ.
މެމްބަރ އޮފް ނޭޝަނަލް އެސެމްބްލީ އޮފް ޕާކިސްތާނުގެ އަލީ ވަޒީރު ދެ އަހަރަށް ވުރެ ގިނަ ދުވަހުގެ ޖަލު ހުކުމަކަށް ފަހު ކަރާޗީގެ މަރުކަޒީ ޖަލުން ދޫކޮށްލީ މިދިޔަ އަންގާރަ ދުވަހު އެވެ.
ފިތުނަވެރިކަމުގެ އެކި މައްސަލަތަކުގައި ހައްޔަރުކުރުމަށްފަހު ޑިސެމްބަރު 31، 2020 އިން ފެށިގެން ކަރާޗީގައި ޖަލުގައި ހުރި ވަޒީރު ދޫކޮށްލީ އޭނާގެ މައްޗަށް ރަޖިސްޓްރީކުރި އެންމެ ފަހުގެ މައްސަލައިގައި ކޯޓުން ކަފާލާތުގެ ދަށުން ދޫކޮށްލުމުންނެވެ.
އަލީ ވަޒީފުގެ ލޯޔަރު ބުނިގޮތުގައި އޭނާގެ ކްލައިންޓް އަދި ޚައިބަރު ޕަޚްތުންޚްވާގެ ދެކުނު ވަޒީރިސްތާން ޑިސްޓްރިކްޓްގެ އެންމެ ބޮޑު ރަށެއް ކަމަށްވާ ވާނާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު، ޖަލުގައި ހުންނެވިތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، އެއް މައްސަލައަކުން ބަރީއަވެ ނުވަތަ ކަފާލާތުގެ ހުއްދަ ލިބުނު ކޮންމެ ފަހަރަކު އެހެން މައްސަލައެއްގައި ދައުވާ ކުރުމުގެ ސަބަބުން އޭނާގެ ޖަލު ހުކުން ދިގުދެމިގެންދިޔައެވެ.
އެމްއެންއޭ އެންޓި ޓެރަރިޒަމް ކޯޓަކުން އެއް މައްސަލައަކުން ބަރީއަވެ، ކަރާޗީގައި އޭނާގެ މައްޗަށް ރަޖިސްޓްރީކޮށްފައިވާ އިތުރު ތިން މައްސަލައެއްގައި ކަފާލާތުގެ ދަށުން ދޫކޮށްލާފައިވެ އެވެ.
ހަމައެފަދައިން ކޭޕީގައި ވަޒީރުގެ މައްޗަށް ތިން މައްސަލައެއް ރަޖިސްޓްރީކޮށްފައިވާއިރު، އޭގެ ތެރެއިން މީގެ ކުރިން ދެ މައްސަލައެއްގައި ކަފާލާތުގެ ދަށުން ދޫކޮށްލާފައިވާއިރު، ތިންވަނަ މައްސަލައިގައި ކަފާލާތުގެ ދަށުން ދޫކޮށްފައިވަނީ އަންގާރަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް