މާލޭ މަގުމަތީގައި ސަލާން ޖަހަން އުޅުނު ޖަޕާނު މީހެއް ކަމަށް ބުނާ މީހާ ހައްޔަރުކޮށް އިމިގްރޭޝަނާއި ހަވާލުކޮށްފި އެވެ.
އެމީހާ ސަލާން ޖަހަން އުޅޭކަން ހާމަކުރީ ބަޔަކު ސޯޝަލް މީޑިއާގައި އެވެ. ބައެއް މީހުން ބުނި ގޮތުގައި އޭނާ ސަލާން ޖަހަނީ އެ އަންހެން މީހާގެ ފާރިސް ކިޔާ ދިވެހި ފިރިމީހާ އޭނާ ވަރިކޮށް، ގެއިން ނެރެލުމުން ކަމަށެވެ.
މިކަން ބޮޑު ބަހުސަކަށްވެގެން ވާހަކަ ދައްކަމުން ދަނިކޮށް މިއަދު ފުލުހުން ބުނީ އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ސޯޝަލް މީޑިއާގައި ދައުރުވަމުން ދިޔަ ޕޯސްޓުތައް ސަމާލު ކަމަށް އައުމުން ކަމަށެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މައުލޫމާތު ސާފު ކޮށްފައިވާ ކަމަށް ބުންޏެވެ.
އަދި މިހާރު އެމީހާ އިމިގްރޭޝަނާއި ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ސަލާން ޖަހަން އުޅުނު އެ އަންހެން މީހާ މީހުން ކައިރީ ބުނަމުން ދިޔައީ ފާރިސް ކިޔާ ފިރިމީހާ އާއި ކައިވެނިކޮށްގެން އުޅޭތާ 15 އަހަރުވެއްޖެ ކަމަށެވެ. ބައެއް މީހުން ކައިރީ ބުނެފައިވަނީ ފިރިމީހާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފައިސާ ބޭނުން ވެގެން އުޅޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް