ފިކުރެއްގެ ދިރުމަށް 50،000 މެމްބަރުން ހަމަވި ކަމަށް ބުނުމުން ރޮޒައިނާ ހަމަ ހިނި އަންނަނީ!

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާ މެމްބަރުން ސޮއި ކުރަމުންދާ ފިކުރެއްގެ ދިރުމަށް50،000 މެމްބަރުން ސޮއި ކުރި ކަމަށް ބުނުމުން އަންނަނީ ހިނި ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަ...

16 Feb 2023 | 09:21

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާ މެމްބަރުން ސޮއި ކުރަމުންދާ ފިކުރެއްގެ ދިރުމަށް50،000 މެމްބަރުން ސޮއި ކުރި ކަމަށް ބުނުމުން އަންނަނީ ހިނި ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.

އެ ހަރަކާތުގައި އިސްކޮށް އުޅުއްވާ، ރައްޔިތުންގެ މަޖިލިހުގެ މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުވެފައި ވަނީ އެ ހަރަކާތުގައި 50،000 މެމްބަރުން ބައިވެރިވެފައިވާއިރު މިހާރުގެ އަމާޒަކީ 90،000 ހަމަ ކުރުން ކަމަށެވެ.

މި ވާހަކަތާއި ގުޅިގެން ރޮޒައިނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެހައި ގިނަ އަދަދެއްގެ މީހުން ސޮއި ކުރި ކަމަށް ބުނާތީ ހިނި އަންނަ ކަމަށެވެ. އަދި 50،000 ގެ ބަދަލުގައި ފަސްްލައްކަ ވިދާޅުވާން ޖެހޭނެ ކަމަށް ވިދާޅުވެ ރޮޒެއިނާ މަލާމަތް ކުރެއްވި އެވެ.

ފިކުރެއްގެ ދިރުން އުފެއްދުމުގެ މަސައްކަތް ފެށީ އެމްޑީޕީގެ ޕްރައިމަރީން ނަޝީދަށް ނާކާމިޔާބާއި ކުރިމަތިލާން ޖެހުމުންނެވެ.

ރައީސް ސޯލިހާއި ވާދަކޮށް ނަޝީދު ބަލިވީ39 ޕަސެންޓު ވޯޓުންނެވެ. ރައީސް ސޯލިހު އިންތިހާބު ކާމިޔާބު ކުރެއްވީ61 ޕަސެންޓު ވޯޓުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް