އަނަންޔާގެ އާ ލޯބިވެރިޔަކީ އަދިތްޔާ!

ބޮލީވުޑްގެ ބަތަލާ އަނަންޔާ ޕާންޑޭގެ އާ ލޯބިވެރިޔަކީ އަދިތްޔާ ރޯއީ ކަޕޫރު ކަމަށް ރިޕޯޓުތައް ބުނެފި އެވެ. އަނަންޔާއަކީ ބޮލީވުޑްގެ ވަރަށް ގިނަ މަޝްހޫރު ފިރިހެންނާއި އަޅުވައިގެން ކިޔާ ފަންނާނެކެވެ. އޭނާގެ...

16 Feb 2023 | 04:48

ބޮލީވުޑްގެ ބަތަލާ އަނަންޔާ ޕާންޑޭގެ އާ ލޯބިވެރިޔަކީ އަދިތްޔާ ރޯއީ ކަޕޫރު ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

އަނަންޔާއަކީ ބޮލީވުޑްގެ ވަރަށް ގިނަ މަޝްހޫރު ފިރިހެންނާއި އަޅުވައިގެން ކިޔާ ފަންނާނެކެވެ. އޭނާގެ ލޯބިވެރިންގެ ތެރޭގައި އިޝާން ކައްކަރު މަޝްހޫރު އިރު އަނަންޔާ އިޝާނަށް ލަނޑު ދިނީ ކަމަށްވެ އެވެ.

އަނަންޔާ ގަޔާވާ ފިރިހެން ތަރިންގެ ތެރޭގައި ވިޖޭ ދެވޮރޮކޮންޑާ އާއި އާރްޔަން ހާން ފަދަ މީހުން ހިމެނެ އެވެ. އެހެންވެ ލޯބިވެރިންގެ ކަންތަކުގައި އަނަންޔާގެ ވާހަކަ އާއި އަމަލުތައް ހުންނަ ގޮތުން މީހުން ވަރަށް އޭނާއަށް މަލާމަތް ކުރެ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި އޭނާ އަދިތްޔާ އާއި ރައްޓެހިވެގެން އުޅޭތާ ދުވަސްކޮޅެއް ވެއްޖެ އެވެ. އަދި ވަރަށް އަވަހަށް ދެމީހުންގެ ގުޅުން ރަސްމީކޮށް އިއުލާނު ކުރާނެ ކަމަށްވެ އެވެ.

ދެމީހުންގެ މެދުގައި ގުޅުމެއް ހިނގާކަން ހާމަ ކުރީ ކަރަން ޖޯހަރު އޭނާގެ ޝޯ "ކޮފީ ވިތް ކަރަން7" ގައި އަނަންޔާ ބައިވެރިވި ޝޯގައި އެވެ. އޭގައި މާބޮޑު ވާހަކައެއް ނުދެއްކި ނަމަވެސް ކަރަން ޖޯހަރުގ ެ50 ވަނަ އުފަން ދުވަހަށް އަދިތްޔާ އާއި އެކު އަނަންޔާ ދިއުމުން އެ ޝޯގައި ދެއްކި ވާހަކައިގަ ހަގީގަތެއް އެކުލެވޭކަން ގަބޫލުކޮށްފައިވެ އެވެ.

އޭގެ ފަހުން ދެ ތަރިން އެކުގައި ތަންތަނަށް ދިއުމަކީ އާންމު ކަމެކެވެ. އެންމެ ފަހުން އަނަންޔާ ފެނުނީ އަދިތްޔާގެ ކުރިޔަށް އޮތް ޝޯ "ދި ނައިޓް މެނޭޖާ" ގެ ސްކްރީނިން އިންނެވެ. އަނަންޔާގެ ގާތް މީހަކު ބުނެފައިވާ ގޮތުގައި ދެމީހުން ރައްޓެހިވެގެން އުޅެނީ ވަރަށް ސީރިއަސްކޮށްނެނެވެ.

އަތިދްތިޔާ މަޝްހޫރު ވެގެން ދިޔަ ފިލްމަކީ ޝްރައްދާ ކަޕޫރާއި އެކު ފެނިގެން ދިޔަ "އާޝިގީ2" އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް