ޗާނދަނީ މަގުގައި ހުރި ގެއެއްގައި އަލިފާނުގެ ހާދިސާއެއް

ޗާނދަނީ މަގުގައި ހުންނަ ގެއެއްގައި އަލިފާނާނުގެ ހާދިސާއެއް ހިނގައިފި އެވެ. އެމްއެންޑީއެފުން އެންމެ ފުރަތަމަ ބުނީ އަލިފާން ރޯވެފައިވަނީ ރެޑްބީ ނަމަކަށް ކިޔާ ފިހާރައެއްގައި ކަމަށެވެ. އެކަމަކު ފަހުން ބުނ...

16 Feb 2023 | 04:46

ޗާނދަނީ މަގުގައި ހުންނަ ގެއެއްގައި އަލިފާނާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އެމްއެންޑީއެފުން އެންމެ ފުރަތަމަ ބުނީ އަލިފާން ރޯވެފައިވަނީ ރެޑްބީ ނަމަކަށް ކިޔާ ފިހާރައެއްގައި ކަމަށެވެ. އެކަމަކު ފަހުން ބުނީ އަލިފާން ރޯވީ މއ. އާހިޔާގުލްޝަން ގްރައުންޑް ފުލޯގައި ކަމަށެވެ.

އަލިފާން ރޯވީ އެ ފަންގިފިލާގައި ހުރި ޑީ ބޯޑްގައި އެވެ. ހާދިސާގެ ރިޕޯޓުކޮށްފައިވަނީ އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއުއަށް ކޮށްފައިވަނީ މިއަދު ހެނދުނު 9:30 ހާއިރު އެވެ.

އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު އިން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. އެ ޓީމު އެތަނަށް ދިޔައި އަލިފާން ގަނޑު ވަނީ ނިވާލާފައި އެވެ.

އެކަމަކު ވަރަށް ބޮޑަށް މުޅި ސަރަހައްދުގައި ދުން ފެތުރިފައިވާތީ އެ އިމާރާތުން އެއްކޮށް މީހުން ހުސްކުރި އެވެ.

ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވާ ކަމަށް ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް