ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީގެ ރައީސްކަމުން އިސްތިއުފާ ދެއްވުމަށް ރައީސް ނަޝީދަށް އިބްރާހިމް ޝަރީފް (މަވޯޓާ) ނުސީދާގޮތެއްގައި ގޮވާލައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު ޝަރީފް މި މޭރުމުން ގޮވާލާފައިވަނީ މިއަދު ހެނދުނު ކުރެއްވި ޓްވީޓެއްގައެވެ.
ޕާޓީގެ މެންބަރުންގެ އަގްލަބިއްޔަތުން ނިންމާ ނިންމުންތަކާ ދެކޮޅުހަދާ ޕާޓީގެ އަސާސީ ގަވާއިދާ ކަނޑައެޅިގެން ދެކޮޅު ހަދަމުން، ލީޑަޝިޕްގައި ހިމެނޭ ބައެއް ބޭފުޅުންނަށް ތިބެވިދާނެތޯ ޝަރީފް ސުވާލު އުފައްދަވާފައިވެއެވެ.
"ރަނގަޅު ގޮތަކީ އިސްތިއުފާ ދެއްވުން" ޝަރީފް ވިދާޅުވެފައިވެއެވެ.
ޝަރީފް މިހެން ވިދާޅުވެފައިވާއިރު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އިންތިހާބު ބާތިލުކޮށްދިނުމަށާއި ރިޔާސީ ޓިކެޓް ރައީސް ސޯލިހަށް ދިނުން ހުއްޓުވުމަށް އެދި ސިވިލް ކޯޓަށް މިހާރު ވަނީ މައްސަލައެއް ވައްދާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް