ސްޕެނިޝް ލީގުގައި ރޭ އެލްޗޭއާއި ދެކޮޅަށް ކުޅުނު މެޗުން ރެއާލް މެޑްރިޑް މޮލުވެއްޖެއެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން ރެއާލް މޮޅުވީ 0-4 ގެ ނަތީޖާއިންނެވެ.
ރެއާލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ރެއާލްގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ މެޗުގެ އަށްވަނަ މިނެޓުގައި މާކޯ އެސެންސިއޯ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. ރެއާލްގެ ދެވަނަ ލަނޑާއި ތިންވަނަ ލަނޑު ޖަހައިދިނީ ކަރީމް ބެންޒެމާއެވެ. ބެންޒެމާގެ މި ދެ ލަނޑަކީވެސް ލިބުނު ޕެނަލްޓީން ކާމިޔަބު ކުރި ދެ ލަނޑެވެ.
ރެއާލްގެ ހަތަރު ވަނަ ލަނޑު ޖަހައިދިނީ މެޗުގެ 88 ވަނަ މިނެޓުގައި ލުކަ މޮޑްރިޗްއެވެ.
މި ނަތީޖާއާއި އެކު ރެއާލް އޮތީ އެޓީމުން ކުޅުނު 21 މެޗުން ލިބުނު 48 ޕޮއިންޓާއި އެކު ތާވަލްގެ ދެވަނާގައެވެ. އެއްވަނާގައި އޮތީ ބާސެލޯނާއެވެ. ބަސާ އެއްވަނާގައި އޮތީ ކުޅުނު 21 މެޗުން 56 ޕޮއިންޓާއި އެކުގައެވެ. ތިންވަނާގައި އޮތީ ރެއާލް ސޮސިއެދާދް އެވެ. އެޓީމު ތިންވަނާގައި އޮތީ ކުޅުނު 21 މެޗުން 42 ޕޮއިންޓް ލިބިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް