ޕްރިމިއާ ލީގު: އާސެނަލް ބަލިކޮށް ސިޓީ އެއް ވަނަ އަށް ޖެހިލައިފި !

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލް ބަލިކޮށް ލީގުތާވަލްގެ އެއްވަނައަށް މެންޗެސްޓާ ސިޓީން ޖެހިލައިފި އެވެ. ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުން އާސެނަލްގެ މައްވަށް ސިޓީން ކުރި ހޯދީ 1-3 ގެ ނަތީ...

16 Feb 2023 | 02:59

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލް ބަލިކޮށް ލީގުތާވަލްގެ އެއްވަނައަށް މެންޗެސްޓާ ސިޓީން ޖެހިލައިފި އެވެ.

ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުން އާސެނަލްގެ މައްވަށް ސިޓީން ކުރި ހޯދީ 1-3 ގެ ނަތީޖާއިންނެވެ.

ސިޓީ ތާވަލްގެ އެއް ވަނަ އަށް ޖެހިލީ އާސެނަލަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެން، ޕޮއިންޓުގެ ގޮތުން އެއްވަރުވެ ލަނޑުގެ ފަރަގުން ކުރި ލިބިގެންނެވެ. ސިޓީ މި ވަގުތު އެއްވަނާގައި އޮތީ އެޓީމުން ކުޅުނު 23 މެޗުން 51 ޕޮއިންޓް ލިބިގެން ފައިދާ 36 ލަނޑާއި އެކުގައެވެ. ސިޓީ އަތުން ބަލިވި އާސެނަލް ދެވަނާގައި އޮތީ ކުޅުނު 22 މެޗުން 51 ޕޮއިންޓް ލިބިގެން ސިޓީއަށްވުރެ 10 ލަނޑު މަދުން ލިބިގެންނެވެ.

އާސެނަލްގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ލަނޑު ޖަހާ ސިޓީން ލީޑު ނެގީ މެޗުގެ24 ވަނަ މިނެޓުގައި ކެވިން ޑިބްރެއިނާ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. މިއީ އާސެނަލްގެ ޑިފެންޑަރު، ޓަކެހީރޯ ޓޮމިޔާސޫ ފަަހަތަށް ޖައްސާލި ބޯޅައެއް ހޯދައި، ކީޕަރު ބޯމަތިން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ޑި ބްރޭނާ ޖެހި ލަނޑެކެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން އާސެނަލުން ވަނީ ލަނޑެއް ޖަހައި ނަތީޖާ އެއްވަރުކޮށްފަ އެވެ. މެޗުގެ 42 ވަނަ މިނެތުގައި ލިބުނު ޕެނަލްޓީ އަކުން އާސެނަލް އަށް މި ލަނޑު ޖަހައިދިނީ ބުކާޔޯ ސަކާ އެވެ. މިއީ ސިޓީގެ ކީޕަރު އެޑަސަން އާސެނަލްގެ ފޯވާޑް އެޑީ އެންކެޓިއޭ އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ.

ސިޓީން ދެ ވަނަ ފަހަރަށް މެޗުގެ ލީޑުނެގީ ދެވަނަ ހާފުގ 72 ވަނަ މިނިޓްގައި ޖެކް ގްރީލިޝް ޖެހި ލަނޑުންނެވެ. ސިޓީގެ ތިންވަނަ ލަނޑު މެޗުގެ 82 ވަނަ މިނެޓުގައި ޖަހައިދިނީ އާލިން ހާލަންޑްއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް