މިއަދު ކޯވިޑް ޖެހުނީ 1،056 މީހުންނަށް

ރާއްޖެއިން އިތުރު 1،056 މީހުން ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ޕޮސިޓިވްވެފައިވަނީ އަތޮޅުތެރެއިން 796 މީހުންނާއި މާލެއިން 146 މީހުން ކަމަށެ...

16 Feb 2022 | 17:22

ރާއްޖެއިން އިތުރު 1،056 މީހުން ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ޕޮސިޓިވްވެފައިވަނީ އަތޮޅުތެރެއިން 796 މީހުންނާއި މާލެއިން 146 މީހުން ކަމަށެވެ. ރިސޯޓުތަކުން ކޯވިޑް ޖެހިފައިވަނީ 59 މީހުންނަށެވެ.

ކޯވިޑަށް މިއަދު ޓެސްޓުކޮށްފައިވަނީ 4،374 ސާމްޕަލެވެ.

އެޗްޕީއޭއިން ބުނީ މިވަގުތު ކޯވިޑް-19 ޖެހިގެން ފަރުވާ ދެމުންދަނީ 15،706 މީހުންނަށް ކަމަށެވެ. އޭގެ ތެރެއިން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދަނީ 26 މީހުންނަށެވެ.

ކޯވިޑް ޖެހުނު މީހުންގެ ތެރެއިން 146،161 މީހުން ވަނީ ބަލިން ރަނގަޅުވެފައި އެވެ.

ކޯވިޑްގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 289 އަށް އަރާފަ އެވެ.

ރާއްޖެއިން މިހާތަނަށް ކޯވިޑް ޖެހިފައިވަނީ 162،169 މީހުންނަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް