ޤައުމީ ޝިޕިންގ ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިންގ، އެމްއެސްއެސްއަށް އަމިއްލަ 1000 ކޮންޓެއިނަރު ގަނެފިއެވެ.
އެމްއެސްއެސް އަކީ ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) އިން 2020 ވަނަ އަހަރު އުފެއްދި ޝިޕިން ކުންފުންޏެކެވެ
އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސްޓޭޓް ޝިޕިން ކުންފުންޏަށް 1000 އަމިއްލަ ކޮންޓޭނަރު ހޯދިއްޖެކަމަށެވެ. އަދި މިކަމުގެ ސަބަބުން މުދާ ރާއްޖެ ގެނައުން އަވަސްވެގެންދާނެކަމަށެވެ.
މީގެއިތުރުން މުދާ ރާއްޖެ ގެނައުމަށްޓަކައި ކުރާ ހަރަދުވެސް ކުޑަވާނޭކަމަށް އަމްރު ވިދާޅުވިއެވެ.
އަމްރު ވިދާޅުވީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި އެމްއެސްއެސްގެ އަމާޒަކީ ބޯޓު ފަހަރު ގިނަކޮށް ރާއްޖެއިން ބޭރުގައިވެސް ޚިދުމަތްދީ، ބައިނަލްއަޤްވާމީ ކުންފުންޏަކަށް އެ ކުންފުނި ހެދުން ކަމަށެވެ.
އެމްއެސްއެސް އަކީ މުދަލުގެ އަގު ހެޔޮކޮށް ފަސޭހަކަމާއި އެކު މުދާ އެތެރެކުރެވޭނެ މަގު ފަހި ކުރުމަށް ސަރުކާރުން އުފައްދާފައިވާ ކުންފުންޏެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް