ހއ. ހޯރަފުށީ މަގުހެދުމުގެ މަޝްރޫޢުގެ ދަށުން، ކާސްޓިންގ މަސައްކަތްތަކުގެ 74 ޕަސެންޓް ވަނީ ނިމިފައި ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން މިއަދު ބުނީ މި މަޝްރޫޢޫގެ ދަށުން މިހާރު ކުރިއަށްދަނީ އިލެކްޓްރިކަލް ޖަންކްޝަން ފޮށި ހަރުކުރުމުގެ މަސައްކަތާއި ހޮޅި ވަޅުލުމުގެ މަސައްކަތް ކަމަށެވެ.
މި މަޝްރޫއުގެ ދަށުން، 5.3 ކިލޯ މީޓަރުގެ 11 މަގެއް ހެދުމާއި، 25،909 އަަކަ މީޓަރުގެ ސަރަޙައްދެއްގައި ދުއްވާ ސަރަޙައްދު ޤާއިމުކުރުން ހިމެނޭ ކަމަށް އެ ކުންފުނިން ބުނެއެވެ.
މީގެ އިތުރުން 11،114 އަަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ފެންހިންދާ ނިޒާމެއް ޤާއިމުކުރުމާއި، މަގުބައްތި ހަރުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް މި މަޝްރޫޢުގައި ހިމެނޭ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.
މިއީ ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ 71.90 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް