ކޮވިޑުން އަރައިގަތުމަށް 87 ވިޔަފާރިއަކަށް އީޔޫގެ އެހީ ދީފި

ކޮވިޑް-19 ގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތުގައި ހިމެނޭ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކުރިމަތިވެގެން ދިޔަ ހީނަރުކަމުން އަރައިގަތުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ފަރާތުން ދީފައިވާ އެހީގެ ...

16 Feb 2022 | 13:35

ކޮވިޑް-19 ގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތުގައި ހިމެނޭ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކުރިމަތިވެގެން ދިޔަ ހީނަރުކަމުން އަރައިގަތުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ފަރާތުން ދީފައިވާ އެހީގެ ތެރެއިން 87 ފަރާތަކަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އީޔޫ ސަޕޯޓް ފޯ އަ ރެޒީލިއަންޓް ރިކަވަރީ އޮފް އެސްއެމްއީ ޓޫރިޒަމް އިންޑަސްޓްރީ ޕްރޮޖެކްޓްގެ ގެ ދަށުން އީޔޫ އިން ރާއްޖެއަށް ހަދިޔާ ކޮށްފައިވަނީ 2 މިލިއަން ޔޫރޯ އެވެ.

އިކޮނޮމިކް މިނިސްޓްރީން އާންމުކޮށްފައިވާ މަޢުލޫމާތު ތަކެއްގައި ބުނީ 87 ފަރާތަކަށް އެހީގެ ގޮތުގައި 3.4 މިލިއަން ރުފިޔާ މިހާތަނަށް ދޫކޮށްފައިވާ ކަމަށެވެ.

މަދުވެގެން 126 ސަފާރީއާއި 561 ގެސްޓްހައުސްއަށް އެހީވެވޭނެ ކަމަށް މިނިސްޓްރީން ލަފާ ކުރެއެވެ.

މީގެ އިތުރުން، އެހީ ދިނުމަށް އެކުލަވާލާފައިވާ އުސޫލުގައިވާ ގޮތުން އެހީ ހޯދަން ހުށަހަޅާއިރު އެފަރާތަކީ ސައްހަ އޮޕަރޭޓިން ލައިސެންސެއް އޮތުމާ އެކު 40 އެނދަށް ވުރެ މަދުން އޮޕަރޭޓް ކުރާ ފަރާތަކަށް ވާންޖެހެއެވެ.

އެހީގެ ގޮތުގައި ދިނުމަށް ނިންމާފައިވަނީ އެނދަކަށް 2،453.76 ރުފިޔާ އެވެ.އެހީ ހޯދަން ހުށަހަޅާއިރު ކަމާ ގުޅޭ ލިޔުންތައް ރަނގަޅަށް ފުރިހަމަކޮށްފައިވާނަމަ ހުށަހަޅާތާ 14 ދުވަހުގެ ތެރޭގައި ފައިސާ ޖަމާކޮށްދެއެވެ.

މި އެހީ އަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ މޭ 31، 2022 ގެ މެންދުރު 2:00 އަށެވެ. އަދި އެހީއަށް އެދި ހުށަހަޅަން ޖެހޭނީ އެކަމަށް ހާއްސަ ކޮށްފައިވާ ޕޯޓަލް https://eusupport.mfmc އިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް