މާލޭ ސިޓީ ކައުންސިލްގް ޕާކިން ސްލޮޓް ޕޯޓަލް ސަރުކާރުން ބްލޮކް ކުރި ވާހަކަ ދޮގުކޮށްފި އެވެ.
ޕާކިން ސްލޮޓް ޕޯޓަލް އަކީ މާލޭގެ އެކި ސަރަހައްދުތަކުން ޕާކް ކުރުމަށް ކުއްޔަށް ދޫކުރަން ކަނޑައަޅާފައިވާ ޖާގަތަކަށް ކުރިމަތިލުމަށް ފޯމް ހުށަހެޅުމަށް ހާއްސަ ޕޯޓަލްއެކެވެ.
މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެ ޕޯޓަލް ބޮލޮކް ކޮށްލާފައިވާ ކަމަށެވެ. އަދި ސަރުކާރުގެ މި އަމަލާއި މެދު ހިތްހަމަ ޖެހިވަޑައިނުގެންނަވާ ކަމަށް ވިދާޅުވި އެވެ.
މި ޓުވީޓަށް ޖަވާބު ދެއްވަމުން ކޮމިއުނިކޭޝަން މިނިސްޓަރްރީގެ ސްޓޭޓް މިނިސްޓަރ އަލީ ސޯލިހު ވިދާޅުވީ ޑރ. މުއިއްޒުގެ ވާހަކައަކީ ކަނޑަ އެޅިގެން ރޯ ބުހުތާނު ދޮގެއް ކަމަށެވެ. މާލެ ސިޓީ ކައުންސިލްގެ އެއްވެސް ވެބްސައިޓެއް ނުވަތަ އެޕްލިކޭޝަންއެއް ކޭމްއިން ނުވަތަ ދިވެހި ސަރުކާރަކުން ބްލޮކް ކޮށްފައި ނުވާ ކަމަށް ވިދާޅުވި އެވެ.
އެ ޕޯޓަލް ބްލޮކް ކުރުމުން ސިޓީ ކަައުންސިލުން ވަނީ އާ ޕޯޓަލްއެއް ހަދާފަ އެވެ. އެކަމަކު އެ ޕޯޓަލްގައިވެސް މައްސަލަ ޖެހޭތީ މިހާރު ވަނީ ބޭނުން ނުކުރެވޭ ގޮތް ވަގުތީ ގޮތުން ހަދާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް