ރާއްޖޭގައި ބާސްކެޓް ކުރިއެރުވުމަށް ދިރާގުން، އެމްބީއޭ އާއެކު އެއްބަސްވުމަކަށް

ރާއްޖޭގައި ބާސްކެޓް ކުރިއެރުވުމަށް ދިރާގުން، މޯލްޑިވްސް ބާސްކެޓް ބޯލް އެސޯސިއޭޝަން (އެމްބީއޭ) އާއެކު އެއްބަސްވުމަކަށް އަތުވެއްޖެއެވެ. ރާއްޖޭގައި މުވާސަލާތީ ޚިދުމަތްދޭ އެންމެބޮޑު ކުންފުނި، ދިރާގުން ބުނ...

16 Feb 2022 | 09:45

ރާއްޖޭގައި ބާސްކެޓް ކުރިއެރުވުމަށް ދިރާގުން، މޯލްޑިވްސް ބާސްކެޓް ބޯލް އެސޯސިއޭޝަން (އެމްބީއޭ) އާއެކު އެއްބަސްވުމަކަށް އަތުވެއްޖެއެވެ.

ރާއްޖޭގައި މުވާސަލާތީ ޚިދުމަތްދޭ އެންމެބޮޑު ކުންފުނި، ދިރާގުން ބުނީ އެމްބީއޭގެ އެކްސްކްލޫސިވް ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސާ، އެކަމުގެ ފަހުމުނާމައިގާ ސޮއެ ކޮށްފައިވާ ކަމަށެވެ.

މި ފަހުމުނާމާގެ ދަށުން ރާއްޖޭގެ ބާސްކެޓްބޯޅަ ކުރިއެރުވުމަށާއި އެ ކުޅިވަރަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް ފުރުސަތުތައް ހޯދައިދިނުމަށް ވަރަށްބޮޑު އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ވަނީ ނިންމާފައެވެ. އަދި ކުޅުންތެރިންގެ ހުނަރު ކުރިއެރުވުމަށް ވެސް މިހާރަށްވުރެ ގިނަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވެއެވެ.

ދިރާގުގެ ސީނިއަރ މެނޭޖަރު ބްރޭންޑް އެންޑް މާކެޓިންގ މުހައްމަދު މިރުޝާން ހަސަން ވިދާޅުވީ ބާސްކެޓް ބޯޅަ އަކީ ޒުވާނުންގެ މެދުގައި މިހާރު މަގުބޫލު ކުޅިވަރެއް ކަމަށެވެ. އަދި އެމްބީއޭއާ އެކު ސޮއިކުރި އެއްބަސްވުމުގެ ސަބަބުން ޒުވާން ބާސްކެޓް ކުޅުންތެރިންނާއި ޓްރެއިނަރުން އަދި ރެފްރީންގެ ކުރިއެރުމަށް އެމްބީއޭއާ ގުޅިގެން މަސައްކަތްތަކެއް ކުރާނެ ކަމަށެވެ.

މި އެއްބަސްވުމާއިގުޅޭގޮތުން އެމްބީއޭގެ ރައީސް އަހުމަދު އާދަމް ވަނީ ދިރާގަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ރާއްޖޭގައި ބާސްކެޓު ކުރިއަރުވައި އެ ކުޅިވަރު ތަރައްގީކުރުމަށް ދިރާގުން އަބަދު ވެސް އެއްބާރުލުން ދޭކަން ފާހަގަ ކުރައްވާ ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން އިތުރު ކުޅުންތެރިން އުފަންވެ، ހުނަރުވެރި ކުޅުންތެރިންތަކެއް ފެނިގެންދާނެ ކަމަށެވެ.

ދިރާގަކީ އެ ކުންފުނީގެ ސީއެސްއާރުގެ ދަށުން ޒުވާނުން ބާރުވެރިކޮށް ޒުވާނުންގެ ހުނަރާއި ގާބިލުކަން ކުރިއަރުވައި ޒުވާނުންގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކުރާ ކުންފުންޏެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް