އެމްޑީޕީގެ ސްޕޯކްފާސަން މަގާމުން އިންތި އިސްތިއުފާދީފި

ވެރިކަން ކުރާ މައި ފާޓީ އެމްޑީޕީގެ ސްޕޯކްޕާސަން މަގާމުން އިނތި އިސްތިއުފާ ދީފިއެވެ. ސްޕޯކްޕާސަން މަގާމުން އިންތި އިސްތިއުފާދީފިކަން ހާމަކުރަށްވާފައިވަނީ ޓްވިޓާ މެދުވެރިކޮށެވެ. ޓްވިޓާގައި އިންތި ވިދާޅު...

16 Feb 2022 | 08:33

ވެރިކަން ކުރާ މައި ފާޓީ އެމްޑީޕީގެ ސްޕޯކްޕާސަން މަގާމުން އިނތި އިސްތިއުފާ ދީފިއެވެ.

ސްޕޯކްޕާސަން މަގާމުން އިންތި އިސްތިއުފާދީފިކަން ހާމަކުރަށްވާފައިވަނީ ޓްވިޓާ މެދުވެރިކޮށެވެ. ޓްވިޓާގައި އިންތި ވިދާޅުވަނީ 2012 ވަނަ އަހަރުން ފެށިގެން އަދާކުރަމުންދިއަ، ޕާޓީގެ ސްޕޯކްސްޕާރސަންކަމުގެ މަގާމުން އޭނާ އިސްތިއިފާދީފިކަމަށެވެ.

މި މަގާމުން އޭނާ އިސްތިއުފާ ދީފައިވަނީ އެމްޑީޕީގެ ޗެއާޕާސަންކަމުގެ މަގާމަށް ކުރިމަތިލުމާ ގުޅިގެނެވެ.

ސްޕޯކްޕާސަން ކަމުގެ އިސްތިއުފާދީފައިވާކަމަށް ބުނެ އެ ޕާޓީގެ ޗެއާޕާސަނަށް ފޮނުވާފައިވާ ސިޓީގައި އިންތި ބުނެފައިވަނީ، އެ މަގާމުގައި ހޭދަކުރެވުނު މަގާމުގައި އެ ޕާޓީގެ ލީޑާޝިޕާއި، ސެކްރިޓެރިއޭޓް މެންބަރުނަނާއ މުވައްޒަފުންނާއެކު މަސައްކަތް ކުރަން ލިބުނު ފުރުސަތަކީ އޭނާގެ އުފަލަށް ލިބުނު ނުހަނުބޮޑު ތަޖުރިބާއަކާއި އުފަލަކާއި ޝަރަފެއްކަމަށެވެ.

އިންތިވަނީ އެމްޑީޕީގެ ސްޕޯކްޕާސަން ކަމުގެ މަގާމު 2012 ވަނަ އަހަރުން ފެށުގެން ފުރުއްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް