ހަ ރަށެއްގައި އެއާޕޯޓް އަޅަން ދެވަނަ ފަހަރަށް އިޢުލާނުކޮށްފި

ހަ ރަށެއްގައި ޑޮމެސްޓިކް އެއާޕޯޓް އަޅައިދޭނެ ބަޔަކު ހޯދަން ޕްލޭނިން މިނިސްޓްރީން އަލުން އިއުލާނުކޮށްފިއެވެ. ބިޑް ކުރާ ފަރާތްތަކުގެ ޝަރުތުތައް ކުޑަ ކުރުމަށް ފަހު އަލުން އިއުލާން ކުރީ  އެއާޕޯޓްތަކަށް އި...

16 Feb 2022 | 08:12

ހަ ރަށެއްގައި ޑޮމެސްޓިކް އެއާޕޯޓް އަޅައިދޭނެ ބަޔަކު ހޯދަން ޕްލޭނިން މިނިސްޓްރީން އަލުން އިއުލާނުކޮށްފިއެވެ.

ބިޑް ކުރާ ފަރާތްތަކުގެ ޝަރުތުތައް ކުޑަ ކުރުމަށް ފަހު އަލުން އިއުލާން ކުރީ  އެއާޕޯޓްތަކަށް އިންވެސްޓް ކުރާނެ އިންވެސްޓަރުން އެ ފުރުސަތުގައި  ކުރިމަތިލާފައި ނުވާތީއެވެެ.

ޕްލޭނިންގ މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ވަނީ އެއާޕޯޓްގެ މަޝްރޫޢު އަށް ޝައުގުވެރިކަން ފާޅުކޮށް އެއާޕޯޓެއް ތަރައްގީކުރަން ފައިނޭންސް ކުރުމަށް އެންމެ

މަދުވެގެން ހުށަހެޅޭނެ އަދަދު ފަސް މިލިއަން ޑޮލަރު 3 މިލިއަން ޑޮލަރަށް ކުޑަކޮށްފައެވެ.

އެގޮތުން އެއާޕޯޓް އެޅުމަށް އިޢުލާނު ކޮށްފައިވާ ރަށްތަކަކީ ހދ. މަކުނުދޫ އެއާޕޯޓަށް 23.3 މިލިއަން ޑޮލަރު، ށ. ބިލަތްފަހި އެއާޕޯޓަށް 23.6 މިލިއަން ޑޮލަރު، ބ. ތުޅާދޫ އެއާޕޯޓަށް 21.9 މިލިއަން ޑޮލަރު، ތ. ވިލުފުށި އެއާޕޯޓަށް 33.3 މިލިއަން ޑޮލަރު، ފ. މަގޫދޫ އެއާޕޯޓަށް 8.2 މިލިއަން ޑޮލަރު އަދި ރ. އަތޮޅު ދެކުނު ބިތުގައި އަޅާ އެއާޕޯޓަށް 23.6 މިލިއަން ޑޮލަރެވެ.

ސަރުކާރުގެ މި އަހަރުގެ ބަޖެޓުގައި އެއާޕޯޓުތައް ތަރައްގީ ކުރަން 263 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް