ޕޫޖާ ހެގްޅޭ ރާއްޖޭގައި ހުރެ ހަލަމިތީ ހަބީބޯއަށް ނަށާލި ނަށާލުން ވައިރަލްވެއްޖެ !

އާއިލާއާއެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަ އިންޑިއާގެ ބަތޮލާ ޕޫޖާ ހެގްޅޭގެ ޑާންސެއް ވައިރަލް ވެއްޖެއެވެ. އިންސްޓަގްރާމަށް ޕޫޖާ ހެގްޅޭ ދޫކޮށްލި މި ޑާންސަކީ ތަލަޕަތީ ވިޖޭގެ އަރަބިކް ކުތޫގެ، ހަލަ...

16 Feb 2022 | 07:40

އާއިލާއާއެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަ އިންޑިއާގެ ބަތޮލާ ޕޫޖާ ހެގްޅޭގެ ޑާންސެއް ވައިރަލް ވެއްޖެއެވެ.

އިންސްޓަގްރާމަށް ޕޫޖާ ހެގްޅޭ ދޫކޮށްލި މި ޑާންސަކީ ތަލަޕަތީ ވިޖޭގެ އަރަބިކް ކުތޫގެ، ހަލަމިތީ ހަބީބޯ ލަވައެވެ.

ސައުތު އިންޑިއާއަށް ނިސްބަތްވާ މި ލަވައަކީ ލޯބިވެރިންގެ ދުވަހު ރިލީޒްކުރި ލަވައެކެވެ. މި ލަވައިގާ އެކްޓްކޮށްފައިވަނީވެސް ޕޫޖާ ހެގްޅޭއާއި ތަލަޕަތީ ވިޖޭއެވެ.

https://www.youtube.com/watch?v=8FAUEv_E_xQ

ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން މި ލަވައަށް ޕޫޖާ ހެގްޅޭ ނެށުމުން މި ލަވައަށް ބޮޑު ސަމާލުކަމެއް ލިބިގެންދާނެކަމުގައި އިންޑިއާގެ މީޑިއާގައި ރިޕޯޓްކޮށްފައިވެއެވެ.

ޕޫޖާ ހެގްޅޭ މިހާރު ރާއްޖޭގައި ޗުއްޓީ ހޭދަކުމުން އަންނަނީ އޭނާގެ މަންމައާއި ބައްޕައާއި އެކުގައެވެ. އޭގެ ހަފްތާއެއްހާ ދުވަސް ކުރިން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން ދިޔައީ އެކަންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް