ޗެއާޕާސަންކަމަށް އިންތި ފޯމު ހުށަހަޅުއްވައިފި

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާ މެމްބަރު އިމްތިޔާޒު ފަހްމީ (އިންތި) ފޯމު ހުށަހަޅުއްވައިފިއެވެ. ވާދަވެރިކ...

16 Feb 2022 | 06:37

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާ މެމްބަރު އިމްތިޔާޒު ފަހްމީ (އިންތި) ފޯމު ހުށަހަޅުއްވައިފިއެވެ.

ވާދަވެރިކަން ބޮޑުވެފައިވާ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރެއްވުމުގެ ފޯމާއި ތާއީދު ފޯމް ހުށަހެޅުއްވިކަން އިންތި ހާމަކުރެއްވީ ރޭ ކުރެއްވި ޓްވީޓެއްގައެވެ. އިންތިގެ ޓްވީޓް ގައި ވަނީ އިންތިހާބަށް ކުރިމަތިލުމުގެ ފޯމް އެމްޑީޕީ ސެކެޓްރިއޭޓަށް ހުށަހަޅައިފި ކަމަށެވެ.

https://twitter.com/Imthiyazfahmy/status/1493661105360891904

އެމްޑީޕީގެ ޗެއާޕާސަން ކަމުގެ މަގާމަށް އިންތިގެ އިތުރުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްވެސް ވަނީ ވާދަކުރައްވާނެކަން ހާމަކުރައްވާފައިވެއެވެ.

އެމްޑީޕީގެ ޗެއަރޕާސަން މަގާމަށް ވޯޓްލުމަށް ހަމަ ޖެހިފައި ވަނީ އަންނަ އޭޕްރިލް މަހުގެ 16 ވަނަ ދުހުވަހުގެ . މި ދުވަހުގަ އަންހެނުންގެ ރޫހު، ޒުވާނުންގެ ހިއްވަރުގެ ރައީސް އަދި ނައިބް ރައީސް ކަމުގެ މަޤާމުގެ އިންތިހާބް ވެސް  ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް