ސްކޫލު ޗުއްޓީގައި ހަދަން ހަވާލުކުރި ހޯމް ވޯކް އެސައިންމަންޓްތައް ގޮއްވާލައިފި

ދާދި ފަހުން ޗައިނާގެ ކިންޑާގާޓަންގައި ކިޔަވަމުން އަންނަ ދަރިވަރަކަށް ސްކޫލް ޗުއްޓީގައި ހަދަން ހަވާލުކުރި ހޯމް ވޯކް ފޮތްތައް ގޮއްވާލައިފިއެވެ. ޗައިނާގެ ނޫސްތަކުން ބުނާ ގޮތުގައި އޭނާގެ ކާފަގެ ލައިޓަރާއި...

16 Feb 2022 | 06:10

ދާދި ފަހުން ޗައިނާގެ ކިންޑާގާޓަންގައި ކިޔަވަމުން އަންނަ ދަރިވަރަކަށް ސްކޫލް ޗުއްޓީގައި ހަދަން ހަވާލުކުރި ހޯމް ވޯކް ފޮތްތައް ގޮއްވާލައިފިއެވެ.

ޗައިނާގެ ނޫސްތަކުން ބުނާ ގޮތުގައި އޭނާގެ ކާފަގެ ލައިޓަރާއި ބޭބެގެ ފަޔާ ވޯކްސް ބޭނުންކޮށްގެން ފަސް އަހަރުގެ އެ ކުއްޖާ ވަނީ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހު ސްޓަޑީ ޓޭބަލްމަތީގައި އެސައިންމަންޓްތައް ގޮއްވާލާފައެވެ.

އެސައިމަންޓްތައް ގޮއްވާލި ހާދިސާގައި ހިތާމަވެރި ހާދިސާއެއް ނުހިނގާ ސަލާމަތްވީ ހަމަ އެވަގުތު ކުއްޖާގެ ބައްޕަގެ ސަމާލުކަމަަށް އެކަން އައުުމުންނެވެ.

ބައްޕަ އާއި ދަރިފުޅަށް ވެސް އަލިފާނުގެ އަސަރުކޮށް ކޮންމެވެސް ވަރަކަށް ތަންތަން ފިހިފައިވެއެވެ. ނަމަވެސް މާބޮޑު ގެއްލުމެއް ލިބިފައެއް ނުވެއެވެ. މިކަމާއި ގުޅިގެން ކުއްޖާގެ މަންމަ ބުނީ ދަރިފުޅު ހޯމް ވޯކް ނަހަދަން މޮޅު ސްޓަންޓެއް ޖެއްސީ ކަމަށެވެ.

ސޯޝަލް މީޑިއާގައި ދައުރު ވަމުންދާ މި ހާދިސާގެ ވީޑިއޯ އިން ދުމުގެ އަސަރުން ފުރިފައިވާ ކޮޓަރިއާއި، ތަޅުންގަނޑުގައި ރޯވެފައިވާ ތަކެއްޗާއި، އަލިފާން ރޯވެފައިވާ ސްކޫލް ދަބަހެއް ފެނެއެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަމުން އެ ކުއްޖާގެ މަންމަ ބުނީ ކިންޑާގާޓެން އިން ކުއްޖާއަށް ޗުއްޓީގައި ފުރިހަމަ ކުރަން ތިން އެސައިންމަންޓެއް ދިން ކަމަށެވެ.

އޭގެ ތެރެއިން ދެ މަސައްކަތެއް އެ ކުއްޖާ ފުރިހަމަކޮށްފައިވާ ކަމަށާއި ތިން ވަނަ މަސައްކަތް ނިންމަން އުޒުރުވެރިވެ އެކަމުން ސަލާމަތް ވުމަށްޓަކައި އެ ސައިމަންޓްތައް ގަޮއްވާލީ ކަމުގައި ކުއްޖާގެ މަންމަ ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް