ޔޫކްރެއިން- ރަޝިއާ ހަނގުރާމަ އާއި ގުޅިގެން ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު (މޮސްޓާ) ހުށަހެޅުއްވި މައްސަލަ ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލައިފި އެވެ.
އޭނާ މައްސަލަ ހުށަހެޅުއްވީ ޔުކްރެއިންއާއި އިންޑިއާގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނަށް ކުރިމަތިވެފައިވާ މައްސަލަތަކާ ގުޅޭ ގޮތުން ހައްލެއް ހޯދުމަށެވެ.
މި މައްސަލަ ބަލައި ނުގަނެ ބޭރުކޮށްލީ17 މެމްބަރުންގެ ވޯޓުންނެވެ. އެ މައްސަލަ ބަލައިގެންނަން ވޯޓު ދެއްވީ ހަތް މެމްބަރުންނެވެ.
މި މައްސަލައިގަ އިންޑިއާގައި ބުރުގާ އެޅި މުސްލިމުންނާއި ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަމަލުތަކާއި ގުޅިގެން ދިވެހިންނަށް ލިބިދާނެ ގެއްލުމުގެ ކަންބޮޑުވުންވެސް ފާޅު ކުރައްވާފައިވެ އެވެ.
މައްސަލަ ހުށަހަޅުއްވަމުން މޮސްޓާ ވިދާޅުވީ މިހާރުވެސް ގިނަ ގައުމުތަކުން ޔުކްރޭންގައި ތިބި އެގައުމުގެ ރައްޔިތުން ބާލަމުންދާ ކަމަށާއި އެހެންކަމުން ޔުކްރޭންގައި ކިޔަވަމުންދާ 50 އެއްހާ ދިވެހި ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށް ރައްކާތެރި މަންޒިލަކަށް ގެންދިއުމަށް މަސައްކަތް ކުރުމުމަށް އޭނާ ގޮވާލެއްވި އެވެ.
ބުރުގާއެޅި ގިނަ އަދަދެއްގެ އަންހެންކުދިން އިންޑިއާގައި ކިޔަވަމުންދާ އިރު ހަރުކަށި ހިންދޫން އެފަދަ ދަރިވަރުންނަށް ފުރައްސާރަކޮށް ތައުލީމު ދޭ ތަންތަނުގައި ބުރުގާ ނެގުން މަޖުބޫރުކުރަމުންދާތީ އެ ކުދިންގެ ދީނީ ހައްގުތައް ނިގުޅައިގަތުން ހުއްޓުވުމަށް މަސައްކަތް ކުރުމަށް ވެސް މޮސްޓާ ގޮވާލެއްވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް