ސައުދީގައި ރަތް ހިތް އިމޯޖީ ފޮނުވުމަކީ ޖަލަށް ދާން ޖެހޭ ވަރުގެ ކުށަކަށް

ވަޓްސްއެޕްގައި ރަތް ކުލައިގެ ހިތް އިމޯޖީ ފޮނުވުމަކީ ސައުދީ އަރަބިއާގައި ޖަލަށް ދާން ޖެހޭ ވަރުގެ ކުށަކަށް ހަދައިފިއެވެ. ވަޓްސްއެޕުން މީހަކު ރަތް ހިތެއް ފޮނުވާލުމުން ޖަލަށް ދާންޖެހިދާނެކަން އާންމުންނަށް...

16 Feb 2022 | 04:57

ވަޓްސްއެޕްގައި ރަތް ކުލައިގެ ހިތް އިމޯޖީ ފޮނުވުމަކީ ސައުދީ އަރަބިއާގައި ޖަލަށް ދާން ޖެހޭ ވަރުގެ ކުށަކަށް ހަދައިފިއެވެ.

ވަޓްސްއެޕުން މީހަކު ރަތް ހިތެއް ފޮނުވާލުމުން ޖަލަށް ދާންޖެހިދާނެކަން އާންމުންނަށް ހާމަކޮށްފައިވަނީ އެ ޤައުމުގެ ސައިބަރ ކްރައިމްއާ ބެހޭ ތަޖުރިބާކާރެކެވެ.

ރަތް ހިތުގެ އިމޯޖީ ފޮނުވި ފަރާތުގެ މައްޗައް އެ ކުށް ސާބިތު ވެއްޖެނަމަ ދެއަހަރާއި ފަސް އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަަލަށް ލެވޭނެއެވެ. އަދި އެއްލައްކަ ސައުދީ ރިއާލުން ޖޫރިމަނާ ކުރެވޭނެއެވެ.

ސައުދީ ގެ ނޫހެއް ކަމަށްވާ "އަލް މުއައްތާޒް ކުތުބީ" އަށް އެ ޤައުމުގެ އެންޓި ފްރައުޑް އެސޯސިއޭޝަންގެ މެމްބަރަކު ދިން އިންޓަވިއުއެއްގައި ބުނީ ވަޓްސްއެޕްގައި "ރަތް ހިތްތައް" ފޮނުވުމަކީ "ފުރައްސާރައިގެ ޖަރީމާއެއް" ކަމަށާއި އޮންލައިން ޗެޓްތަކުގައި "ބައެއް ފޮޓޯތަކާއި އިބާރާތްތައް ބޭނުން ކުރުމަކީ އަނިޔާ ލިބުނު ފަރާތުން މައްސަލައެއް ހުށަހަޅައިފި ނަމަ ފުރައްސާރައިގެ ކުށަކަށް ބަދަލުވެދާނެ" ފަދަ އަމަލެއް ކަމަށެވެ.

އެޕް ބޭނުންކުރާ ފަރާތްތަކަށް އިންޒާރު ދީފައިވަނީ، ރުހުމަކާ ނުލައި، އެހެން ޔޫޒަރުންނާއި މުއާމަލާތް ކުރުމުގެ އިތުރުން، ފާޅުކަން ބޮޑު އިބާރާތްތައް ބޭނުންކޮށް ރަތް ކުލައިގެ ހިތުގެ އިމޯޖީތައް ބޭނުންކޮށްގެން ފުރައްސާރަކުރުން ހުއްޓުވުމުގެ ގޮތުންނެވެ.

މިތާގައި ފުރައްސާރަކުރުން މާނަކުރަނީ، ޒަމާނީ ޓެކްނޮލޮޖީ ހިމެނޭ ގޮތުން، އެއްވެސް ގޮތަކުން، އެމީހެއްގެ ހަށިގަނޑަށް ނުވަތަ ޝަރަފާ ކަރާމާތަށް އުނިކަން އަންނަ ފަދަ އެއްވެސް ކަމަކަށް، މީހަކު ކުރާ ޖިންސީ އިޝާރާތެއްގެ ގޮތުގައި، މިފަދަ މުއާމަލާތްތައް ހުއްޓުވުމުގެ މާނައިގައެވެ.

މީގެ އިތުރުން އެ ހާލަތު ކަމާބެހޭ އިދާރާތަކަށް ރިޕޯޓްކޮށް، އެ އަމަލު ހިންގި ފަރާތުގެ މައްޗަށް ދައުވާ ކުރިކަން ކަށަވަރުވެއްޖެ ނަމަ، ފޮނުވާ މީހާ ޖަވާބުދާރީ ކުރުވާނެއެވެ.

މި ހާލަތުގައި ތުހުމަތު ކުރެވޭ މީހާ 100،000 ރުފިޔާއާއި/ނުވަތަ ދެ އަހަރު ދުވަހުގެ ޖަލު ހުކުމަކާ ހަމައަށް ޖޫރިމަނާ ކުރެވޭނެ ކަމަށާއި އެ ކުށް ތަކުރާރުކޮށްފިނަމަ ޖޫރިމަނާގެ އަދަދު 300،000 ރ އަށް އަދި ފަސް އަހަރަށް ޖަލަށްލާނެ ކަމަށް ވެސް އެ ގާނޫނުގައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް