އިންޑިއާގެ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އައި ކޮމްޕޯސަރު ބައްޕީ ލެހެރީ މަރުވެއްޖެ އެވެ.
އުމުރުން 69 އަހަރުގައި ބައްޕީ މަރުވީ ހޮސްޕިޓަލްގައި އެޑިޓްކޮށްގެން ފަރުވާ ދެމުން ދަނިކޮށް ރޭގެ ވަގުތެއްގައި އެވެ. އޭނާއަށް މުމްބާއީގެ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާތާ ހަފްތާއެއް ވެއްޖެ އެވެ.
އެ ހޮސްޕިޓަލްގެ ޑޮކްޓަރުންނާއި ހަވާލާދީ މީޑިއާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ބައްޕީ ގިނަ ބަލިތަކަކަށް ފަރުވާ ހޯދަމުން ދާތާ މިހާރު އަހަރަކަށްވުރެ ގިނަ ދުވަސް ވެއްޖެ އެވެ. އެ ބަލިތަކުގެ ތަފްސީލެއް ނުދެ އެވެ.
މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ކޯވިޑް-19 ޖެހިގެންވެސް ބައްޕީގެ ސިއްހީ ހާލަތު އިތުރަށް ގޯސްވެފައިވެ އެވެ. އެހެންވެ އޭނާގެ ގޭގައި ލިފްޓެއް ހަރުކޮށް އޭގެ ފަހުން އޭނާ ހިނގާ ބިނގާވެ އުޅެނީ އަސާގަނޑުގެ އެހީގައި އެވެ.
ބައްޕީ އަކީ 1970 އާއި 1980ގެ އަހަރުތަކުގައި މަޝްހޫރު ލަވަތަކެއް ކިޔާފައިވާ މީހެކެވެ. އޭނާގެ އޭރުގެ މަޝްހޫރު ލަވަތަކުގެ ތެރޭގައި "ޑިސްކޯ ޑާންސާ"، "ޝަރާބީ" އަދި "ޗަލްތޭ ޗަލްތޭ" ހިމެނެ އެވެ.
އޭނާ އަބަދުވެސް ފާހަގަ ވެފައިވަނީ ނަސީބު ގަދަ ކުރުމުގެ ނަމުގައި ކަރުގައި ބޮޑެތި ރަން ފަށް އަޅައި އަބަދުވެސް އަވި އައިނު އަޅައިގެން އުޅޭ މީހެއްގެ ގޮތުގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް