ތޫނިސްގައި 14 މީޓަރު ފުން ވަޅަކަށް ވެއްޓުނު އަންހެން ކުއްޖަކު ސަލާމަތްކޮށްފިއެވެ
ވަޅައްވެއްޓިފައި ވަނީ 17 އަހަރުގެ މަލަކަހް އަލް ހަސްނަވީ ނަމަކަށް ކިޔާކުއްޖެއްކެވެ.
އެ ގައުމުގެ މީޑިއާތައް ރިޕޯޓް ކޮށްފައިވާ ގޮތުން މިހާދިސާ ހިނގީ އެ ގައުމުގެ ނާސަން ރީޖަން ގައި މި ކުއްޖާ އާއި އޭނަގެ ރައްޓެހިން ތަކެއް ކޮލެޖްގެ ކިޔެވުން ނިންމުމަށް ފަހު ގެޔަށް ދިޔަ މަގުމަތީގައި،ސިކުނޑީގައި އުނިކަމެއް ހުންނަ މީހެއް މި ކުދިންނާ ދިމާކުރުމުން މީނައަށް ފިލަން އުޅުމުގެ ތެރޭގައެވެ.
މި ކުއްޖާ ވަޅައްވެއްޓުމާއެކު އެ ގައުމުގެ ޑިފެންސް ޓީމް އިން ވަނީ ވަގުތުން ހަރަކާތްތެރިވެ ބޮޑު އޮޕްރޭޝަނެއް ފަށާ ކުއްޖާ ވަޅުން ނަގާފައެވެ.ކުއްޖާ ވަޅުން ނެގިފައި ވަނީ އޮޕްރޭޝަން ހިންގިތާ ދެ ގަޑިއިރު ތެރޭގައެވެ.
ކުއްޖާއާއި ހަވާލާދީ އެ ގައުމުގެ މީޑިއާތަކުން ބުނާ ގޮތުން ކުއްޖާގެ ހަށިގަނޑުން ތަންތަން ބިނދި ގިނަ ޒަހަމްތަކެއް ހުރިނަމަވެސް މިހާރު ދަނީ ރަނގަޅުވަމުން ކަމަށެވެ.
ދާދި ފަހުން ވަނީ މޮރޮކޯއިން ފަސްއަހަރުގެ ރަޔަން ނަމަކައަށް ކިޔާ ކުއްޖަކު ވަޅަކަށް ވެއްޓި އެ ކުއްޖާ ސަލާމަތް ކުރުމަށް ފަސް ދުވަހުގެ ބޯޑަތި އޮޕްރޭޝަން ތަކެއް ފާށާފައެވެ. ނަމަވެސް ވަޅުން ނެގި އިރު ރަޔަން ވަނީ ނިޔާވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް