ތެލުގެ އަގަށް އަންނަމުންދާ ބަދަލުތަކުގެ ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުން މަޖިލީހުގެ އިޤްތިޞާދީ ކޮމެޓީގެ ނައިބު މުޤައްރިރާ ހިއްސާކޮށްފި

ތެލުގެ އަގަށް އަންނަމުންދާ ބަދަލުތަކުގެ ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުން މަޖިލީހުގެ އިޤްތިޞާދީ ކޮމެޓީގެ ނައިބު މުޤައްރިރު އިބްރާޙިމް ރަޝީދު (ބޮންޑާ) އާ ހިއްސާކޮށްފިއެވެ. މި ބައްދަލު ކުރުމުގައި ތެލުގ...

15 Feb 2022 | 20:12

ތެލުގެ އަގަށް އަންނަމުންދާ ބަދަލުތަކުގެ ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުން މަޖިލީހުގެ އިޤްތިޞާދީ ކޮމެޓީގެ ނައިބު މުޤައްރިރު އިބްރާޙިމް ރަޝީދު (ބޮންޑާ) އާ ހިއްސާކޮށްފިއެވެ.

މި ބައްދަލު ކުރުމުގައި ތެލުގެ އަގުތަކަށް ގެނައި ބަދަލުތަކާއިއެކު ޓެކްސީ ޚިދުމަތްތެރިންނާއި ސެންޓަރުތަކުގެ ކަންބޮޑުވުންތަކާއި ބެހޭގޮތުން ޓެކްސީ ޑްރައިވަރުން ވަނީ އެކަމުގައި ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ.

އެގޮތުން ތެލުގެ އަގަށް އަންނަމުންދާ ބަދަލުތައް ދުވަހުން ދުވަހަށް ބޮޑުވަމުންދާ އިރު، ޓެކްސީތަކުގެ ދަތުރުފަތުރުގެ އަގަށް ބަދަލެއް ނައުމަކީ އެކަމުގް ސަބަބުން އެފަރާތްތަކަށް ލިބެމުންދާ އާމްދަނީއަށް ފޫނުބެއްދޭވަރުގެ ގެއްލުމެއް ލިބޭނޭ ކަމެއް ކަމުގައި ވަނީ ފާހަގަކޮށްފައެވެ.

ރައްޔިތުންގެ މަޖްލިސް އިދާރާ ގައި ބޭއްވި މި މަޝްވަރާ ބައްދަލުވުމުގައި ތެލުގެ އަގަށް މިފަދަ ބަދަލުތަކެއް އަންނަނީ ދުނިޔޭގެ ތެލުގެ ބާޒާރުގައި ވެސް ބަދަލުތައް އަންނާތީކަން ފާހަގަކޮށް ޑްރައިވަރުން ވަނީ މިގޮތަށް އަންނަބަދަލާއެކު ޓެކްސީގެ ޚިދުމަތަށް ވެސް ކޮންމެވެސް ވަރެއްގެ ބަދަލެއް އައުމަކީ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކޮށްފައެވެ.

ދުވަސްއޮންލައިނަށް މައުލޫމާތު ދެމުން ޑްރައިވަރުން ބުނީ މި ބައްދަލު ކުރެއްވުމުގައި ޑްރައިވަރުން ދެއްކި ވާހަކަތައް އިބްރާޙިމް ރަޝީދު (ބޮންޑާ) ވަރަށް ކަނުލައި އަޑުއެއްސެވި ކަމަށެވެ. އަދި އުއްމީދަކީ ވީއެންމެ އަވަހަކަށް މިކަމަށް އެދެވޭ ހައްލެއް އައުން ކަމަށެވެ.

އެސްޓީއޯއިން ވިއްކާ ޕެޓްރޯލާއިި ޑީސަލްގެ އަގު މި މަހުގެ 13 ވަނަ ދުވަހު ވަނީ ޕެޓްރޯލް ލީޓަރަކުން 92 ލާރި އަދި ޑީސަލް ލީޓަރަކުން 60 ލާރި އަށް ބޮޑުކޮށްފައެވެ. މިއާއެކު ޕެޓްރޯލް ލީޓަރެއް ވިއްކާނީ 12 ރުފިޔާ 98 ލާރިއަށެވެ. ޑީސަލް ލީޓަރެއް ވިއްކާނީ 13 ރުފިޔާ 04 ލާރިއަށެވެ.

މީގެ އިތުރުން މިފްކޯއިން ވިއްކާ ޑީސަލްގެ އަގު ވެސް ވަނީ ބޮޑޫކޮށްފައެވެ. އެގޮތުން މަސްދޯނި ފަހަރު ނަމަ ޑީސަލް ލީޓަރަކުން 12 ރުފިޔާ 68 ލާރި އަދި ޢާންމު ފަރާތަކަށް ވިއްކާނަމަ ލީޓަރެއް 15 ރުފިޔާގެ މަގުން ވަނީ ބޮޑުކޮށްފައެވެ.

އެ ކުންފުނިން މީގެ ކުރިން، މަސްދޯންޏަކަށް ޑީސަލް ލީޓަރެއް 12 ރުފިޔާ 08 ލާރިއަށް ވިއްކާފައިވާ އިރު، ޢާންމު ފަރާތަކަށް ލީޓަރެއް ވިއްކާފައިވަނީ 14 ރުފިޔާ 26 ލާރިއަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް