ބޮލީވުޑް ތަރި ސައިފް އަލީ ޚާން އަށް ހަމަލާދިން މީހާ ފެންނަ ވީޑިއޯއެއް އިންޑިއާގެ މީޑިއާތަކުން އާންމުކޮށްފިއެވެ.
ސީސީޓީވީ ކެމެރާއެއްގެ އެ ފުޓޭޖުން ފެންނަނީ 2:30 ހާއިރު ސައިފް އަލީ ޚާންގެ ގޭގެ ސިޑިން އޭނާ ތިރިއަށް ދާ މަންޒަރެވެ.
އިންޑިއާ މީޑިއާ ބުނާގޮތުން ރޭ ދަންވަރު 02:00 ހާއިރު އެމީހަކު އެގޭގެ ތެރޭގައި ހުއްޓާ ފެނުނީ ސައިފްގެ އާއިލާއިން ގެންގުޅޭ ނަރުހަށެވެ. އެ ނަރުހަށް އެމީހާ ފެނުނީ ސައިފްގެ ހަގު ދަރިފުޅު "ޖެހަންގީރު އަލީ ޚާން" ގެ ކޮޓަރީގެ ތެރޭގައި ހުއްޓައެވެ. އެވަގުތު އެމީހާ ނަރުސް ކުރެން 1 ލައްކަ ރުޕީސް އަށް ޑިމާންޑު ކުރި ކަމަށާއި އަދި ނަރުސް މިހާ އެތަނުން ނިކުންނަން އުޅުމުން ނަރުހަށްވެސް ވަޅިން ހަމަލަ ދިން ކަމަށް ބުނެފައިވެއެވެ.
ހަމަނުޖެހުމުގެ އަޑު ގަދަވެ ދެން އެތަނަށް ދިޔައީ ސައިފްގެ ދަރިން ބަލަން ގެންގުޅޭ "ނެނީ" ކަމަށާއި ނެނީ އެލާމް ކުރުމުން ސައިފް އާއި ކަރީނާވެސް އެތަނަށް ދިޔަ ކަމަށާއި އަދި ސައިފް އާއި އެމީހަކާއި ދެމެދު ކުރިމަތިލުންތައް ހިނގައި ސައިފްގެ ގައިގެ ހަ ތަނަކަށް ވަޅީގެ ހަމަލާ އަމާޒުވިކަމަށް ރިޕޯޓްތައް ބުނެއެވެ.
#CCTV visuals of the unidentified intruder who repeatedly stabbed actor #SaifAliKhan inside his house in Mumbai’s Bandra area in the early morning have been traced and ten teams have been formed to investigate the offence, police said. ?Special Arrangement pic.twitter.com/NryVPV9TqB
— The Hindu (@the_hindu) January 16, 2025
ސައިފްގެ ބުރަކަށްޓަށް އަމާޒުވި ހަމަލާގެ ފުންކަމުން އޮޕަރޭޝަނެއް ކޮށްފައިވާއިރު ސައިފްގެ ހާލު މިހާރު ރަނގަޅު ކަމަށް ބޭންޑްރާގެ ލީލާވަތީ ހޮސްޕިޓަލުން ބުނެފައިވެއެވެ.
ބޭންޑްރާ ފުލުހުން ބުނެފައިވަނީ ސައިފަށް ހަމަލާ ދީފައިވަނީ އުމުރުން 30 އަހަރުން މަތީގެ، ތަންކޮޅެއް އަނަރޫފަކޮށް އިސްކޮޅުން މާ ދިގު ނޫން މީހެއް ކަން ސީސީޓީވީ ފުޓޭޖްތަކުން އެނގޭ ކަމަށާއި އެމީހާ ހޯދުމަށް 15 ޓީމަކުން މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެމީހަކު ސައިފް ގެ ގޭގެ ތެރެއަށް ވަނުމުގައި ކާމިޔާބުވި ގޮތާއިމެދު ދެގޮތަކަށް އިންޑިއާ މީޑިއާގައި ރިޕޯޓްކޮށްފައިވެއެވެ. އެއްގޮތަކީ ވެންޓިލޭޝަން ޖާގައެއްގެ ތެރެއިން ދަންވަރު އެ ގެއަށް ވަނީ ކަމަށެވެ. އަނެއް ގޮތަކީ ދުވާލު ވަގުތުއްސުރެ އެ ގޭގެ ތެރެއަށް ވަދެ ފިލާ އޮތް ކަމަށް ބުނާ ބުނުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް