ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކަށް ޓީޗަރަކު އަނިޔާކުރި މައްސަލައެއް ފެންމަތިވެއްޖެ

މާލެ ސުކޫލެއްގައި ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކަށް ޓީޗަރަކު އަނިޔާކުރި މައްސަލައެއް ބަލަން ފަށާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނީ މި މައްސަލަ އެޑިއުކޭޝަނުން މިއަދު ފުލުހުންނަށް ހުށަހަ...

16 Jan 2025 | 13:30

މާލެ ސުކޫލެއްގައި ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކަށް ޓީޗަރަކު އަނިޔާކުރި މައްސަލައެއް ބަލަން ފަށާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މި މައްސަލަ އެޑިއުކޭޝަނުން މިއަދު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ބުނީ ދަރިވަރުންނަށް މިފަދަ އަނިޔާ ދިނުމަކީ ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ. އަދި މިފަދަ މައްސަލަތައް އެ ވުޒާރާގެ ފަރާތުން ޒިންމާދާރުކަމާއެކު ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައި ތަކުރާރު ނުވާނެހެން ފިޔަވަޅު އަޅުއްވަމުން ގެންދަވާނެ ކަމަށެވވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މާލެ ސަރަހައްދުގެ ސުކޫލެއްގެ ޕްރައިމަރީ ގްރޭޑެއްގައި ތައުލީމު ހާސިލް ކުރަމުންދިޔަ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކަށް ޖިސްމާނީ އަނިޔާ ކުރިކަމަށް ސުކޫކުގެ ފަރާތުން އެ ވުޒާރާގެ ސަމާލުކަމަށް ގެނައުމުން އެކަން ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.

މިކަމާއި ގުޅިގެން ފުލުހުން ބުނީ މި މއްސަލަ ތަހުގީގު ކުރަމުން ދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް