ރޯދަމަހަށް ސަޢޫދީ ސަރުކާރުން ދީފައިވާ ކަދުރު ބެހުމާއިގުޅޭ ތަފްސީލު އިސްލާމިކް މިނިސްޓްރީއިން ހާމަކޮށްފިއެވެ.
އެގޮތުން އެ މިނިސްޓްރީއިން މިއަދު ބުނެފައިވަޏީ ސަޢޫދީ އަރަބިއްޔާގެ ސަރުކާރުން ދެއްވާފައިވާ 50 ޓަނު ކަދުރު އެ މިނިސްޓްރީއަށް ލިބިފައިވާއިރު ސިޓީތަކާއި އަތޮޅުތަކުގެ ރަށްރަށުގައި ކަދުރު ބަހާނީ، މީހުން ދިރިއުޅޭ ގޭބިސީތަކުގެ ތެރެއިން ކަދުރު ބަލައި ހާޒިރުވާ ތަރުތީބުން، ކޮންމެ ގޭބިސީއަކަށް 1 ޕަކެޓް ކަދުރު ކަމަށެވެ.
"މިގޮތުން ސަޢޫދީ އަރަބިއްޔާއިން މިއަހަރު ލިބުނު ކަދުރުން ކޮންމެ 100 ގޭބިސީއަކަށް ޖެހެނީ 25 ޕަކެޓް ކަދުރެވެ. ގޭބިސީތަކަށް ކަދުރު ބަހާނީ، އެ ގޭބިސީއެއްގެ ކަރަންޓް މީޓަރުގެ ނަންބަރަށް ބަލައި އަދި ކަދުރު ހަވާލުވާ ބޭފުޅެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑަށް ބެލުމަށްފަހުގައެވެ." މިނިސްޓްރީއިން ބުނެފައިވެއެވެ.
އެ މިނިސްޓްރީއިން ބުނެފައިވަނީ މިގޮތުން މާލެއާއި ހުޅުމާލެއާއި ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަދުރު ބަހާނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް މެދުވެރިކޮށް އިސްލާމީ މަރުކަޒުގައި ކަމަށާއި އަދި ރަށްރަށަށް ނުވަތަ އަތޮޅުތެރެއށް ކަދުރު ބަހާނީ، ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތައް މެދުވެރިކޮށް ކަމަށެވެ.
މާލޭގައި ކަދުރު ބަހަން ފަށަން ނިންމާފައިވަނީ 20 ޖަނަވަރީ އިން 06 ފެބްރުއަރީއަށް ހެނދުނު 09:00 އިން މެންދުރު 01:00 އަށެވެ.
ޖަމިއްޔާ ޖަމާއަތްތަކުގެ ތެރެއިން ރަމަޟާން މަހުގެ އިފްތާރު ޕްރޮގްރާމަކަށް ނުވަތަ ރޯދަވީއްލުމުގެ އިންތިޒާމް ހަމަޖައިދޭ ޖަމްޢިއްޔާ ޖަމާޢަތްތަކަށްވެސް ކަދުރު ދޭގޮތަށް ހަމަޖެހިފައިވާކަމަށާއި އެކަމަށް ޝައުޤުގެރިވާ ޖަމްޢިއްޔާ ޖަމާޢަތްތަކުން އެ މިނިސްޓްރީގައި ނަން ނޯޓު ކުރެއްވުން އެދޭކަމުގައި އެ މިނިސްޓްރީއިން މިއަދު ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް