ފުލުހުން ތަހުގީގު ކުރަމުން އަންނަ މައްސަލައެއްގެ ތަހުގީގަށް ސުވާލުކުރުމަށް، އުޅޭ ތަނެއް ނޭނގޭތީ ޗިޓު ރައްދު ކުރެވޭތީ ހާޒިރުވުމަށް އަންގައި، މީހެއްގެ ވަނަވަރު ހާމަކޮށްފިއެވެ.
ވަނަވަރު ހާމަކޮށްފައިވާ ފަރާތަކީ ޏ. ފުވައްމުލައް، މިސްކިތްމަގު، މީޓް، އުމުރުން 27 އަހަރުގެ އާއިޝަތު ޝަހުމާއެވެ.
ފުލުހުން ބުނެފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ހުޅުމާލެ ފޭސް 1 ޕޮލިސް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާކަމަށެވެ.
ހާޒިރުކުރެވޭ ހައިސިއްޔަތަކީ މައްސަލައިގެ ތުހުމަތުގައި ސުވާލުކުރުމަށް ކަމުގައި ބުނެފައިވެއެވެ. ހާޒިރުވާން އަންގާފައިވަނީ ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަން، 2025 ޖަނަވަރީ 21 ވަނަ ދުވަހުގެ 14:00 އަށް ނުވަތަ ވީ އެންމެ އަވަހަކަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް