ބްރޯޑްކޮމް އަށް ސަހާރަތާއި މުހައްމާ އައްޔަންކުރުމަށް ފާސްކޮށްފި

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރު ކަމަށް އާމިނަތު ސަހާރަތު އިއްޒަތު އަދި މުހައްމަދު އަބްދުﷲ (މުހައްމާ) އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. ބްރޯޑްކޮމްގެ ކުރީގެ މެންބަރ...

16 Jan 2025 | 05:43

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރު ކަމަށް އާމިނަތު ސަހާރަތު އިއްޒަތު އަދި މުހައްމަދު އަބްދުﷲ (މުހައްމާ) އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ބްރޯޑްކޮމްގެ ކުރީގެ މެންބަރު ސަހާރަތު އައްޔަންކުރަން މަޖިލީހުން މިއަދު ފާސްކުރީ ނެގި ވޯޓުގައި 68 މެންބަރުންގެ އިއްތިފާގުންނެވެ. މުހައްމާ އައްޔަންކުރަން ފާސްވެގެންދިޔައީ 58 ވޯޓުންނެވެ. ނުފެންނަކަމަށް ދެ މެމްބަރަކު ވޯޓު ދެއްވިއެވެ.

ވޯޓަށް އެހީ ތިން ނަމަކަށެވެ. އެއީ ފުރަތަމަ ސަހާރަތުގެ ނަންފުޅާއި ދެވަނައަށް ނޫސްވެރިޔާ އަދި ޕްރެޒެންޓަރ ޝިފްޒާގެ ނަންފުޅާއި އަދި ތިންވަނައަށް މުހައްމާގެ ނަ ނަންފުޅެވެ.

ސަހާރަތަށް 68 މެމްބަރުންގެ އަގުލަބިއްޔަތުން ވޯޓު ލިބުނު ނަމަވެސް ޝިފްޒާގެ ނަންފުޅަށް ވޯޓަށް އެހުމުން ޝިފްޒާ އައްޔަންކުރަން ފެނިވަޑައިގަންނަވާކަމަށް ވޯޓުދެއްވީ އެންމެ 11 މެންބަރުންނެވެ. ނުފެންނަކަމަށް 50 މެމްބަރުން ވޯޓު ދެއްވިއެވެ.

މުހައްމާ އައްޔަންކުރަން ވޯޓަށް އެހުމުން 58 މެންބަރަކު ފެންނަކަމަށް ވޯޓު ދެއްވިއެވެ. ނުފެންނަކަމަށް ދެ މެންބަރަކު ވޯޓު ދެއްވިއެވެ.

ދެ މެމްބަރަކު އައްޔަންކުރަން ފާސްވުމުން އިތުރު ނަމަކަށް ވޯޓަށް އަހާފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް