އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހުސްވެފައިވާ ދެ މަޤާމަށް އައްޔަން ކުރުމަށް ދެ ބޭފުޅެއްގެ ނަންފުޅު ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުވައިފިއެވެ.
ފޮނުވި ދެ ނަންފުޅަކީ
- އަހްމަދު ނާޝިދު، މއ. ގޯލްޑަން މޫން
- އާސިޔާ އަޒީމާ، ރޯޒްވިލާ، ރ. ހުޅުދުއްފާރު
މި ދެ ބޭފުޅުންގެ ނަންފުޅު މަޖިލީހަށް ފޮނުވާފައިވާއިރު ދެ ނަންފުޅު މިހާރު ވަނީ މަޖިލީހުގެ ރިޔާސަތުން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުވާފައެވެ.
އޭސީސީއިން ދެ މެމްބަރަކު ހުސްވީ އެ ކޮމިޝަންގެ ނައިބުރައީސް އަބްދުއްސަލާމާއި މެންބަރު ތޯހާ މުހައްމަދު އިސްތިއުފާ ދެއްވުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް