ވަގަކާ ކުރިމަތިލުމުގެ ތެރޭގައި ސައިފް ޒަޚަމްވެ ހޮސްޕިޓަލުގައި އެނދުމަތިކޮށްފި

ބޮލީވުޑްގެ ތަރި ސައިފް އަލީ ޚާންގެ ގެއަށް ރޭ ދަންވަރު ވަދެ އުޅުނު ވަގަކާ ކުރިމަތިލުމުގެ ތެރޭގައި ސައިފަށް އަނިޔާވެ ހޮސްޕިޓަލުގައި އެނދުމަތިކޮށްފިއެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި މުމްބާއީގައި ސައިފ...

16 Jan 2025 | 04:29

ބޮލީވުޑްގެ ތަރި ސައިފް އަލީ ޚާންގެ ގެއަށް ރޭ ދަންވަރު ވަދެ އުޅުނު ވަގަކާ ކުރިމަތިލުމުގެ ތެރޭގައި ސައިފަށް އަނިޔާވެ ހޮސްޕިޓަލުގައި އެނދުމަތިކޮށްފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި މުމްބާއީގައި ސައިފް ދިރިއުޅޭ ގެއަށް ވަގަކު ވަނީ ރޭގެ ދަންވަރުގެ ވަގުތެއްގައެވެ. އެ ވަގު ވައިންކަން އެނގުނީ އެ ގޭގައި އުޅޭ ނޯކަރަށެވެ. އެ ނޯކަރު އެކަން ގޭގެ އެންމެންނަށް އެލާމް ކުރުމުން ސައިފް އެ ވަގާއި ކުރިމަތިލި ކަމަށާއި ވަގު އަތުގައި އެ ވަގުތު ވަޅިއެއް އޮތުމުން ވަޅިން ސައިފް ގެ ކަރަށާއި ބުރަކަށްޓަށް ހަމަލާ އަމާޒުވެ ހޮސްޕިޓަލަށް ގެންދަން ޖެހުނު ކަމަށް ރިޕޯޓްކޮށްފައިވެއެވެ.

ސައިފްގެ ޓީމުން ރަސްމީކޮށް ބުނެފައިވަނީ ސައިފްގެ ގެއަށް ވަގަކު ވަދެ އުޅުމުގެ ތެރޭގައި ހިނގި ހާދިސާއެއްގައި ސައިފް ހޮސްޕިޓަލުގައި އެނދުމަތިކޮށް ސާޖަރީއެއް ހެދުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

މިހާރު ސައިފްގެ ހާލު ސްޓޭބަލް ކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް