"ވަންގަވް" ޕްލެޓްފޯމް މެދުވެރިކޮށް ލޭންޑް ޔޫސް ޕްލޭން ފާސްކުރުމަށް އަދި ބަދަލުގެނައުމަށް ހުށަހެޅުމަށް ހަމަޖައްސައިފިއެވެ.
މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ސަރުކާރުގެ ފުރަތަމަ 14 ހަފްތާ މަގުޗާޓުގައިވާ ލޭންޑް ޔޫސް ޕްލޭން ފާސްކުރުމުގެ ޚިދުމަތް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށްޓަކައި، ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަނާއި އެ މިނިސްޓްރީ ގުޅިގެން "ވަންގަވް" ޕްލެޓްފޯމް މެދުވެރިކޮށް ލޭންޑް ޔޫސް ޕްލޭން ފާސްކުރުމަށް އަދި ބަދަލުގެނައުމަށް ހުށަހެޅުމަށް ހަމަޖައްސާފައިވާކަމަށެވެ.
މި ޚިދުމަތް ރަސްމީކޮށް އިފްތިތާހްކޮށްދެއްވީ ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ދިލްޝާން އަބްދުﷲ އެވެ.
މިނިސްޓްރީން ބުނީ ލޭންޑް ޔޫސް ޕްލޭން ފާސްކުރުމަށް އަދި ލޭންޑް ޔޫސް ޕްލޭނަށް ބަދަލުގެނައުމަށް "ވަންގަވް" ޕްލެޓްފޯމް މެދުވެރިކޮށް މިއަދުން ފެށިގެން ހުށަހެޅޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް