ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ނަން "އާބަންކޯ" އަށް ބަދަލުކުރިތާ އަހަރެއްވެސް ނުވަނީސް އެ ނަން ބޭނުންކުރުން ހުއްޓާލާ އަނެއްކާވެސް އެޗްޑީސީއަށް ބަދަލުކުރަން ނިންމައިފިއެވެ.
ދުވަސް އަށް މައުލޫމާތު ލިބިފައިވާގޮތުގައި އާބަންކޯ ކިޔުން ހުއްޓާލަން ނިންމީ އާއްމުންނަށް އޮޅުން އަރާތީ އެކަން ހައްލުކުރުމުގެ ގޮތުންނެވެ.
އެޗްޑީސީގެ ބްރޭންޑް އާބަންކޯއަށް ބަދަލުކުރީ 1 އެޕްރިލް 2023 ވަނަ ދުވަހު، އެ ކުންފުންޏަށް 22 އަހަރު ފުރުމުގެ މުނާސަބުތުގައި ބޭއްވި ހަފްލާގައެވެ.
އެޗްޑީސީން އާބަންކޯ ބްރޭންޑް އިފްތިތާހުކުރިއިރު، އެޗްޑީސީގެ ދިދައާއި، މުވައްޒަފުންގެ ޔުނީފޯމްތަކާއި ބެނާތަކާއި، އިސްތިހާރުކުރުމުގެ އެކިއެކި ކަންތައްތަކަށް 1.7 މިލިއަނެއްހާ ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.
އަންނަ ބުރާސްފަތި ދުވަހު ރަސްމީކޮށް އެޗްޑީސީގެ ނަން ބޭނުންކުރަން ފަށާއިރު، ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އާބަންކޯގެ ނަން ހުރި ހުރިހާ އެއްޗެއް އެޗްޑީސީގެ ނަމަށް ބަދަލުކުރުމެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
އާބަންކޯ ކިޔަމުން އައި ނަމަވެސް ރަސްމީ ހުރިހާ ލިޔެކިޔުމެއްގައި އަދި ގާނޫނީ ގޮތުން އަދިވެސް ބޭނުންކުރަމުން އަންނަނީ އެޗްޑީސީއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް