މާލެ ސިޓީ ކައުންސިލްގެ މެމްބަރުންނާ އާޒިމް ބައްދަލުކުރައްވައިފި

މާލެ ސިޓީގެ މޭޔަރުކަމަށް މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ފަރާތުން ވާދަކުރައްވާ ކާމިޔާބު ކުރެއްވި އާދަމް އާޒިމް މާލެ ސިޓީ ކައުންސިލްގެ މެމްބަރުންނާ ބައްދަލުކުރައްވައިފިއެވެ. މާލެ ސިޓީ ކައުންސ...

16 Jan 2024 | 07:19

މާލެ ސިޓީގެ މޭޔަރުކަމަށް މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ފަރާތުން ވާދަކުރައްވާ ކާމިޔާބު ކުރެއްވި އާދަމް އާޒިމް މާލެ ސިޓީ ކައުންސިލްގެ މެމްބަރުންނާ ބައްދަލުކުރައްވައިފިއެވެ.

މާލެ ސިޓީ ކައުންސިލްގައި މިއަދު ބޭއްވި ބައްދަލުވުމުގައި، މާލޭގެ މައްސަލަތައް ހައްލުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައި ވާކަމަށް އެ ކައުންސިލުން މައުލޫމާތުދެއެވެ.

މީގެ އިތުރުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާވެސް ބައްދަލުކޮށް، މުޖުތަމަޢު ކުރިއެރުވުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭ ގޮތުންވެސް މަޝްވަރާ ކުރައްވާފައިވާކަމަށް މާލެ ސިޓީ ކައުންސިލުން މައުލޫމާތުދެއެވެ.

މި މަހުގެ 13 ވަނަ ދުވަހު ބޭއްވި ބައި-އިލެކްޝަނުގައި މާލެ ސިޓީ މޭޔަރުކަމުގެ ގޮނޑި އާޒިމް ކާމިޔާބު ކުރެއްވީ 7,621 ވޯޓާއެކުއެވެ. އެއީ ވޯޓު ލީ މީހުންގ ތެރެއިން 44.81 އިންސައްތައެވެ.

މޭޔަރުކަމުގެ ގޮނޑި ކާމިޔާބު ކުރެއްވުމަށްފަހު އާޒިމް ވިދާޅުވީ މި ފެށުނީ ރައްޔިތުންނަށް ފެހި ތަނަވަސް މާލެއެއް ހޯދައިދިނުމުގެ މަސައްކަތް ކަމަށެވެ. އަދި އާޒިމް ވަނީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސާލިހް އަދި އެމްޑީޕީގެ މެމްބަރުން އިތުބާރުކޮށް ޕާޓީގެ ޓިކެޓް ހަވާލުކޮށްދިން ކަމަށް ޝުކުރު އަދާކޮށް، އެމްޑީޕީގެ އެއްވެސް މެމްބަރެއް މާޔުސްވިޔަ ނުދޭނެކަމަށް ވިދާޅުވެފައެވެ.

ނިމިދިޔަ ސަރުކާރުގައި އާޒިމް ހުންނެވީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ސީއީއޯގެ މަގާމުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް