މުޢިއްޒުގެ ނަމުގައި އަނެއްކާވެސް ފޭކު މެސެޖްތަކެއް ކުރަމުންދާތީ ސަމާލުވުމަށް އެދިއްޖެ

މާލެ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒުގެ ނަމުގައި އަނެއްކާވެސް އެކި ފަރާތްތަކަށް މެސެޖްތަކެއް ކުރަމުންދާތީ ސަމާލުވުމަށް މޭޔަރު މުޢިއްޒު އެދިވަޑައިގަންނަވައިފިއެވެ. މި ކަންބޮޑުވުން މީޑިއާތަކުގެ ސަމާ...

16 Jan 2023 | 18:56

މާލެ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒުގެ ނަމުގައި އަނެއްކާވެސް އެކި ފަރާތްތަކަށް މެސެޖްތަކެއް ކުރަމުންދާތީ ސަމާލުވުމަށް މޭޔަރު މުޢިއްޒު އެދިވަޑައިގަންނަވައިފިއެވެ.

މި ކަންބޮޑުވުން މީޑިއާތަކުގެ ސަމާލުކަމަށް ގެންނަވަމުން މުއިއްޒު ވިދާޅުވީ އޭނާގެ އަމިއްލަ ފޯނު ނަމްބަރު ބޭނުންކޮށްގެން އެސްއެމްއެސް އަދި ވައިބަރ މެސެޖްތައް އެކި ފަރާތްތަކަށް ފޮނުވަމުންދާކަމަށެވެ.

އެގޮތުން މުއިއްޒު މިއަދު ވިދާޅުވީ އަނެއްކާވެސް އާދިއްތަ ދުވަހު މިފަދަ މެސެޖްތަކެއް ދައުރުވަމުންދާ ކަން ސަމާލުކަމަށް އައިސްފައިވާކަމަށެވެ.

އަދި މިފަދަ ކަންކަމަށް ސަމާލު ވުމަށާއި އެފަދަ މެސެޖެއް ލިބިއްޖެ ފަރާތެއްނަމަ މޭޔަރު މުޢިއްޒު އަރިހުން ލަސްނުކޮށް އެކަމުގެ ހަގީގަތް އެއްސެވުމަށްވެސް މޭޔަރު މުޢިއްޒު ވަނީ އެދިވަޑައިގަންނަވާފައެވެ.

މި ފަހަކަށް އައިސް މުއިއްޒުގެ ނަމުގައި މިގޮތަށް މެސެޖްތަކެއް ދައުރުވާތީ އޭނާ ވަނީ މީގެ ކުރިންވެސް މިކަން ސަމާލުކަމަށް ގެންނަވާފައެވެ.

މިގޮތުން މިދިޔަ ޑިސެމްބަރު މަހުވެސް މިފަދަ އަސްލެއް ނެތް މެސެޖުތަކެއް ރާއްޖޭގެ އެކިއެކި ނޫސްވެރިންނަށް ފޮނުވަމުން ދިޔަ ކަމުގެ މައުލޫމާތު ލިބިފައިވާތީ މޭޔަރު ވަނީ މިކަމަށް ނޫސްވެރިންވެސް ސަމާލުވުމަށް އެދިވަޑައިގަންނަވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް